Ads by Farudhun

ޚަބަރު

ފުލުހުންގެ ޚިދުމަތާ ގުޅުނު 133 ފުލުހުން ހުވާކޮށްފި

ފުލުހުންގެ ޚިދުމަތާ ގުޅުނު 133 ފުލުހުން ހުވާކޮށްފި

މި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ފުލުހުން

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

19 އޮކްޓޯބަރު 2026، 11:42

19 އޮކްޓޯބަރު 2026، 11:42

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒް މުޙައްމަދު ނިޝާތުއެވެ. މި ރަސްމިއްޔާތުގައި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދުއާއި، ސާވިސް ޑިވެލޮޕްމަންޓް ޑެޕިއުޓީ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޒީމް ވަހީދު ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހުވައަކީ ހަމައެކަނި ދުލުން ބުނެލާ ބަސްތަކެއްނޫން ކަމަށާއި އެއީ ދެދުނިޔެ ޚަލްގު ކުރެއްވި މާތް ﷲ ހެކިކޮށް، އެކަލާންގެ ކުޅަދުންވަންތަކަން އިގުރާރުވެ ހުރެ، އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކުރާ ވަރަށް މަތިވެރި އަހުދެއް ކަަމަށެވެ. އަދި ހުވައެއް ކުރުމަށްފަހު އެއަށް ހިޔާނާތްތެރިވުމަކީ ދީނީގޮތުންނާއި އަހުލާގީގޮތުން ބަލާއިރު ވެސް އިންސާނަކަށްވެވޭނެ އެންމެ ބޮޑު އެއް ޣާފިލުކަން ކަމަށާއި ހާއްސަކޮށް ގައުމުގެ އަމަންއަމާންކަން ބެލެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރާ ފުލުހުންގެ ދައުރަށް ބަލާއިރު، ހުވާގެ މުހިންމުކަން ވަކިން ބޮޑަށް ހާމަވެގެންދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހެއްގެ ޔުނިފޯމް އަޅައި، މުޖުތަމައުގެ ރައްކާތެރިކަމަށް ނުކުންނަ ކޮންމެ ވަގުތަކީ އެ ކުރެވުނު މަތިވެރި ހުވާ ހަނދާނަށް ގެންނަންޖެހޭ ވަގުތެއް ކަމަށާއި އެއީ އަދުލުއިންސާފު ގާއިމުކުރުމަށާއި، ދިވެހި ގައުމާއި ރައްޔިތުންނަށްގެ ހައްގުގައި ފުރާނައިން ގުރުބާންވާން ތައްޔާރަށް ތިބިކަން ބަޔާންކޮށްފައިވާ ހުވަހެއް ކަަމަށް ވެސް ވިދާޅުވިއެވެ. އަދި ފުލުހުން އަބަދުވެސް ތިބެންވާނީ އެހުވާގެ މަތީގައި، ފަސްޖެހުމެއްނެތި ސާބިތުވެ ކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާގެ ވާޖިބު އަދާކުރުމުގައި ވަކި ފަރާތަކަށްނުޖެހި، ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމަކީ ކުރެވުނު ހުވާގެ ހައްގު އަދާކުރުން ކަމަށާއި ހުވާގެ މަތީ ދެމިތިބޭ ބަޔަކަށް ވެގެން މެނުވީ ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުންނެވެ. މީގެ ތެރޭގައި، ސްޕެޝަލް ކޮންސްޓެބުލަރީ 64 ފުލުހުން ހިމެނެއެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450