Ads by Farudhun

ޚަބަރު

ޗައިނާގެ ސިޗުއާންގެ މެޑިކަލް ސްޕެޝަލިސްޓުންގެ ޓީމެއް އިކުއެޓޯރިއަލް ހޮސްޕިޓަލަށް

ޗައިނާގެ ސިޗުއާންގެ މެޑިކަލް ސްޕެޝަލިސްޓުންގެ ޓީމެއް އިކުއެޓޯރިއަލް ހޮސްޕިޓަލަށް

ޗައިނާގެ ސިޗުއާންގެ މެޑިކަލް ސްޕެޝަލިސްޓުންގެ ޓީމެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރުން.. ފޮޓޯ: އިކުއެޓޯރިއަލް ހޮސްޕިޓަލް

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

19 އޮކްޓޯބަރު 2026، 01:26

19 އޮކްޓޯބަރު 2026، 01:26

ޗައިނާގެ ސިޗުއާންގެ މެޑިކަލް ސްޕެޝަލިސްޓުންގެ ޓީމެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފިއެވެ.

މި ޓީމު ރާއްޖެ އައީ މިމަހުގެ 18 އިން 19 އަށް އައްޑޫ ސިޓީގައި ކުރިއަށްދިޔަ "ސިޗުއާން-މޯލްޑިވްސް މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެކްސްޗޭންޖް ޕްރޮގްރާމް" ގައި ބައިވެރިވުމަށެވެ.

"ސިޗުއާން-މޯލްޑިވްސް މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެކްސްޗޭންޖް ޕްރޮގްރާމް" އަކީ ޗައިނާގެ ޞިއްޙީ މާހިރުންނާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން އެހެނިހެން ޞިއްޙީ މަރުކަޒުތަކުގެ ފަންނީ ބޭފުޅުން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ ކްލިނިކަލް މައުލޫމާތު ބަދަލުކުރުމާއި، ފަންނީ ގާބިލުކަން އިތުރުކުރުމުގެ އިތުރުން މައިންނާއި، ދަރިމައިވުމުގެ ޞިއްޙަތާއި، އަދި ކުޑަކުދިންގެ ޞިއްޙަތާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަލުކުރުން ކަމަށް އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ހުޅުވައިދެއްވީ އޭއީއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އަހްމަދު އަދީލް ނަސީރެވެ. އޭނާގެ ވާހަކައިގައި، ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި ކްލިނިކަލް މަސައްކަތްތައް ކުރިއެރުވުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ޞިއްޙީ ދާއިރާގެ ތަޖުރިބާ ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މި ޓީމުގައި ހިމެނެނީ ސިޗުއާންގެ ޞިއްޙީ އިދާރާތަކުގެ މާހިރުުންނެވެ. އޭގެތެރޭގައި ވެސްޓް ޗައިނާ ސެކަންޑް ޔުނިވަރސިޓީ ހޮސްޕިޓަލް އޮފް ސިޗުއާން ޔުނިވަރސިޓީ، ޗެންގްދޫ ވިމެންސް އެންޑް ޗިލްޑްރަންސް ސެންޓްރަލް ހޮސްޕިޓަލް، ސިޗުއާން ޕްރޮވިންޝަލް ޗިލްޑްރަންސް ހޮސްޕިޓަލް އަދި ޗެންގްދޫ މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެސޯސިއޭޝަންގެ މާހިރުން ހިމެނެއެވެ. ސްޕެޝަލިސްޓުން އިސްވެ ތިއްބަވައިގެން ކުރިއަށްގެންދިޔަ ސެޝަންތަކާއި ފަންނީ މަޝްވަރާތަކުގެ ސަބަބުން، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާތަކާއި، މެދުކެނޑުމެއްނެތް ފަންނީ ތަރައްގީއަށް މަގުފަހިވެ، ރާއްޖެއާއި ޗައިނާއާ ދެމެދު ކްލިނިކަލް ތަޖުރިބާ ހިއްސާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މި އެކްސްޗޭންޖް ޕްރޮގްރާމަކީ ޞިއްޙީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށާއި، މުއައްސަސާތަކުގެ މެދުގައި ގުޅުން ގާއިމުކުރުމަށާއި، ބައިނަލްއަގުވާމީ އެހީތެރިކަމާއެކު މައިންނާއި ކުޑަކުދިންގެ ޞިއްޙަތު ކުރިއެރުވުމަށް ދެ ފަރާތުން ކުރާ މަސައްކަތުގެ ރަމްޒެއްކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450