Ads by Farudhun

ޚަބަރު

އެކްސިޑެންޓުތައް މަދުކުރަން ހުޅުމާލޭގައި ބަންޕަރު ހަދަން ފަށައިފި

އެކްސިޑެންޓުތައް މަދުކުރަން ހުޅުމާލޭގައި ބަންޕަރު ހަދަން ފަށައިފި

މި މަސައްތަކުގެ ތެރެއިން... ފޮޓޯ: އެޗްޑީސީ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

19 އޮކްޓޯބަރު 2026، 05:41

19 އޮކްޓޯބަރު 2026، 05:41

އެކްސިޑެންޓުތައް މަދުކުރަން ކުރާ މަސައްކަތުގެ ތެރެއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގެ ބައެއް މަގުތަކުގައި ބަންޕަރު ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީ އިން މި މަސައްކަތް ފެށީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލަފަޔާއެކު، ހުޅުމާލޭގައި އެކްސިޑެންޓު ގިނަ ކަމަށް އެ ޚިދުމަތަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މިމަހުގެ އަށްވަނަ ދުވަހު އެޗްޑީސީން ފެށި މި މަސައްކަތުގެ ތެރެއިން ސްޕީޑް ބަންޕަރުތަކުގެ އިތުރުން މަގުމަތީގެ ނިޝާންތައް ވެސް އަންނަނީ ހަރުކުރަމުންނެވެ.



މީގެ ކުރިން ވެސް އެޗްޑީސީ އިން ހުޅުމާލޭގެ މަގުތަކުގައި ބަންޕަރު ހެދިއެވެ. އޭރު ވެސް މަގުމަތީ އެކްސިޑެންޓްތައް %70 އާއި 80% އާ ދެމެދަށް މަދުވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެހެން ނަމަވެސް، އޭރު ހަރުކުރި ބަންޕަރުތަކުގެ ޑިޒައިންއާއި މެޓީރިއަލްއާ ގުޅޭ ގޮތުން އާންމުން ފާޅުކުރި ކަންބޮޑުވުންތަކުގެ ސަބަބުން އެ ބަންޕަރުތައް ނަގާފައިވާކަމަށް އެޗްޑީސީ އިން ވިދާޅުވެއެވެ. އަލަށް އެޗްޑީސީ އިން ހަދަން ފަށާފައިވާ ބަންޕަރުތަކަކީ ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދި އިރުގައި ހަރުކޮށްފައިވާ ޑިޒައިންގެ ތާރު ބަންޕަރުތަކެކެވެ.

ބަންޕަރުތައް ހަރުކުރަނީ ދުއްވާ މީހުންނަށް ރައްކާތެރި ތަނަކަށް މަގުތައް ހެދުމަށެވެ. ހުޅުމާލެއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީ އިން އަންނަނީ އަބަދު ވެސް މަސައްކަތްކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450