Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ، ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންނެވުން--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 އޮކްޓޯބަރު 2026، 10:15

20 އޮކްޓޯބަރު 2026، 10:15

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރައިވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލައްވާނީ 22   އޮކްޓޫބަރު 2026ގައި ކަމަށްވާއިރު، މި ފުރަމާނަ ދަތުރުފުޅުގައި ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ކުރެވޭ މިފަދަ ފުރަތަމަ ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން ބޮޑުވަޒީރު ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މި މަޝްވަރާތަކަށްފަހު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި މުހިންމު ފަހުމުނާމާތަކެއްގައި (އެމް.އޯ.ޔޫ) ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހިރާއްޖެ އިސްކުރުމުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، އަވަށްޓެރި ޤައުމުތަކާއެކު ގާތް ގުޅުމެއް ބޭއްވުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ހަރަކާތްތެރިވެ ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ދޭދޭ ގުޅުންތައް ބަދަހިކުރުމަށް އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450