Ads by Farudhun

ޚަބަރު

އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށް ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެންނަނީ

އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށް ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެންނަނީ

މީރާގެ އޮފީސް---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 އޮކްޓޯބަރު 2026، 10:39

20 އޮކްޓޯބަރު 2026، 10:39

ދައުލަތަށް ލިބޭއާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށް, އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވައިފިއެވެ. 

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާކުރުމެވެ. މިގޮތުން، މިހާރު ޢަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާބެހޭ ޤާނޫނުގައި ހިމެނޭ ބައެއް މާއްދާތަކާއި ބައިތައް އުނިކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކްސް-އެބިޓްޑާގެ 25 އިންސައްތައެވެ. މިއީ ވިޔަފާރިތަކުން ޓެކްސް ދެއްކުމުގައި އިންޓްރެސްޓް ޚަރަދުތައް އުނިކުރެވޭނެ މިންވަރު ކަނޑައެޅުމަށް ގެންނަ މުހިންމު ބަދަލެކެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ. އަދި މި ބަދަލު ތަންފީޒުކުރަން ފެށުމުން އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް 496،300،302 ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450