Ads by Farudhun

ޚަބަރު

އޮމަދޫ އައުޓްޑޯ ވޮލީ ކޯޓުގެ ފެންސް ވެލްޑިންގ އަދި ކުލަލުމުގެ މަސައްކަތް ކުރިއަށްދަނީ

އޮމަދޫ އައުޓްޑޯ ވޮލީ ކޯޓުގެ ފެންސް ވެލްޑިންގ އަދި ކުލަލުމުގެ މަސައްކަތް ކުރިއަށްދަނީ

އޮމަދޫ އައުޓްޑޯ ވޮލީ ކޯޓުގެ ފެންސް ޖެހުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޮކްޓޯބަރު 2026، 11:12

20 އޮކްޓޯބަރު 2026، 11:12

އދ. އޮމަދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތުގެ ތެރެއިން، ވަށާފާރުގެ ފެންސް ވެލްޑިންގ ކުރުމާއި ރައްކާތެރި ކުލަލުމުގެ މަސައްކަތްތައް ސައިޓުގައި މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން އިސްނަގައިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް އިތުރުކޮށް ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޤައުމީ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތެވެ. 18 ރަށެއްގައި ހިންގާ ކުޅިވަރުގެ 20 މަޝްރޫޢުގެ ތެރޭގައި ހިމެނޭ މި މަސައްކަތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 7 އޮކްޓޫބަރު 2025 ގައެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ސައިޓުގައި ކުރިއަށްދަނީ ކޯޓުގެ ވަށައިގެން ޖަހާ ފެންސްގެ ދަގަނޑުތައް ގުޅުވައި ވެލްޑިންގ ކުރުމާއި، ކަނޑުގެ ލޮނުގެ އަސަރުން ދަގަނޑު ރައްކާތެރިކުރުމަށްޓަކައި ޚާއްޞަ ކޯޓިންގ ކުލަލުމުގެ މަރުޙަލާއެވެ.

މި މަޝްރޫޢުގެ ދަށުން ބިން އެއްވަރުކޮށް ބޭސް ތައްޔާރުކުރުމާއި، ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން ވަށާފާރާއި ފެންސް ޖެހުމާއި، ކޯޓުގެ ތަޅުން އެޅުމާއި، ލައިން އެޅުމާއި، ނެޓް ޕޯސްޓް ހަރުކުރުމުގެ އިތުރުން އަލިކުރުމަށް ބޭނުންވާ ލައިޓިންގ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450