Ads by Farudhun

ޚަބަރު

ދަޢުލަތުގެ ތިން ބާރުގެ ޢިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލަ ފުލުހުން ބަލަނީ

ދަޢުލަތުގެ ތިން ބާރުގެ ޢިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި މައްސަލަ ފުލުހުން ބަލަނީ

ފުލުހުންގެ ހެޑްކުއަރޓާސް. ފޮޓޯ: ސަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 އޮކްޓޯބަރު 2026، 11:59

20 އޮކްޓޯބަރު 2026، 11:59

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ރަސްމީކޮށް ތަޙުޤީޤުކުރަން ފަށައިފިއެވެ. 

ފުލުހުންގެ ސްޕޯކްސްޕާސަން ފަރުދުން މީޑިއާއަށް މައުލޫމާތުދެއްވި ގޮތުގައި، އެ އިދާރާއިން މިހާރު ދަނީ މައްސަލައާއި ގުޅިގެން ބަލަންހުރި ކަންތައްތައް ބަލައި، ޤާނޫނާ ޚިލާފު މި ޢަމަލާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

ދަޢުލަތުގެ މުހިންމު ތިން ބާރު ތަމްސީލުކުރާ އެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދީ މީސްމީޑިއާގައި ޕޯސްޓުކޮށްފައި ވަނީ، އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް، ފަސްޓް ލެފްޓިނެންޓް (ރިޓަޔަރޑް) އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންއެވެ.
ޒިހާން އިނގިރޭސި ބަހުން ޝާއިޢުކުރި އެ ޕޯސްޓުގައި، ދަޢުލަތުގެ އެ މުހިންމު ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބަކާމެދު ސުވާލު އުފައްދާފައިވެއެވެ. އަދި އެ ތަންތަނުގައި އަލިފާން ރޯކޮށްލުމަކީ 'މަޖާ' ކަމަކަށް ވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ބަޔާންކުރާ ގޮތުގައި، ޓެރަރިޒަމްގެ އެފަދަ ޢަމަލުތަކަށް ހިތްވަރުދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. މިފަދަ ކުށެއް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ޙުކުމެއް އަންނާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450