ޚަބަރު
ޖައްވަށް ބޭރުކުރާ ވިހަގޭސް މަދުކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރެވިދާނެ: ވަޒީރު ޢަލީ ޝަރީފް
ވަޒީރު ޢަލީ ޝަރީފް..
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ޖައްވަށް މި ބޭރުކުރާ ވިހަ ގޭސް ނުވަތަ ގްރީން ހައުސް ގޭސް މަދުކުރެވޭނެ ގިނަ ގޮތްތަކެއް ހުރި ކަމަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކާބަން މާރކެޓް އަކަށް ވަނީ ޖަވަށް މި ބޭރުކުރާ ވިހަ ގޭސް ނުވަތަ ގްރީން ހައުސް ގޭސް ގެ ސަބަބުން ކަމަށެވެ. އަދި މި ގޭސް ޖަވަށް ދޫކުރެވުން މަދުކުރުމަށް ކުރެވިދާނެ ކަންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
"ޖަވަށް މި ބޭރުކުރާ ވިހަ ގޭސް ނުވަތަ ގްރީން ހައުސް ގޭސް އަޅުގަނޑުމެންގެ އެބަ ހުރި މި މަދުކުރެވޭނެ ގޮތް، އެމިޝަން ޑިޑަކްޝަން މިކިޔާ ނޫނިއްޔާ އޭތި ޖައްވުން ރިމޫވް ކުރެވޭނެ ގޮތް ވެސް"
ވަޒީރު ޢަލީ ޝަރީފް ވިދާޅުވިއެވެ.
ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ޖަނަރޭޓރ ބޭނުންކޮށްގެން ކަރަންޓު ދޫކުރުމުގެ ބަދަލުގައި ސޯލާ ޕެނަލްތައް މެދުވެރިކޮށް ކަރަންޓު އުފެއްދުމަކީ ވިހަ ގޭސްތައް ބޭރުވުން މަދުކުރުމަށް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ރިމޫވަލް ސީ ގްރާސް ފަދަ އެއްޗެއްސަކީ ޖައްވުގައި ހުންނަ ކާބަން ފެނުގެ ތެރެއިން ގޮސް ރޫޓިން ސޮއިލް އަށް އޮބްޒޯވްކޮށް ވަރަށް ގިނަ ދުވަހު ސްޓޯރ ކޮށްފައި ހުންނަ ހުރުމެއް ކަމަށެވެ. ވަޒީރު ވިދާޅުވީ، ބައެއް ހިސާބުތަކުގެ މެންގްރޫވްސްތަކުން އެބައި ރިމޫވްކޮށްދޭ ކަމަށެވެ.
މީގެ އިތުރަށް ވަޒީރު ވިދާޅުވީ، ވިއްކާލެވޭ ކޮމޮޑިޓީއެއްގެ ގޮތުގައި ކާބަން ބޭނުން ކުރެވޭ ކަމަށެވެ. އެގޮތުން، ވިއްކާލާފައި ފައިސާގެ ބޭނުން ކުރެވޭނެ ގޮތްތަކާއި، ޕެރެސިގްރިމެންޓްގެ ދަށުގައި ގެންގުޅެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކާބަން ޓްރޭޑިން މާކެޓް މެކޭނިޒަމްއަކީ ދެ ޤައުމުގެ ދޭތެރޭގައި ވިޔަފާރި ކުރެވޭނެ ގޮތަކަށް އެކުލަވާލައިފައިވާ މެކޭނިޒަމްއެއް ކަމަށެވެ.