ޚަބަރު
އިމްތިހާނާ ގުޅިގެން މާދަމާ މާލޭގެ ބައެއް މަގުތައް ބަންދުކުރަނީ
ފުލުހުން މާލޭގެ ޓްރެފިކް ބަލަހައްޓަނީ--
އައިޖީސީއެސްއީ އިނގިރޭސި ލިސްނިންގ އިމްތިހާނު ކުރިއަށްދާ ވަގުތު، މާލޭގެ ސެކަންޑަރީ ސްކޫލްތައް ހުންނަ ސަރަހައްދުތަކުގެ މަގުތައް މާދަމާ އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، 2026 އޮކްޓޯބަރ 21 ވާ ބުދަ ދުވަހުގެ ހެނދުނު 09:15 އިން 10:30 އަށް، މާލޭގެ ސެކަންޑަރީ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށެވެ.
އަދި މި ފިޔަވަޅު އަޅަނީ ދަރިވަރުން އިމްތިހާނު ހަދަމުންދާއިރު އަޑުގަދަވުމުގެ ސަބަބުން ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން، އިމްތިހާނު ކުރިއަށްދާ ވަގުތު އެ ސަރަހައްދުތަކުގައި ދިރިއުޅޭ އަދި މަގުތައް ބޭނުންކުރާ ފަރާތްތަކުން، އިމާރާތްކުރުމުގެ މަސައްކަތްތައް ފަދަ އަޑުގަދަވާ އަދި ދަރިވަރުންގެ ސަމާލުކަމަށް ބުރޫއަރާފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރަމުން، މަގުތައް ބަންދުވުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މައާފަށް އެދިފައެވެ.