Ads by Farudhun

ޚަބަރު

ކާބަން ކްރެޑިޓް ވިޔަފާރީގެ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލައިފި

ކާބަން ކްރެޑިޓް ވިޔަފާރީގެ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލައިފި

ވަޒީރު ޢަލީ ޝަރީފް..

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

20 އޮކްޓޯބަރު 2026، 01:21

20 އޮކްޓޯބަރު 2026، 01:21

ރާއްޖޭގައި ކާބަން ވިއްކުމަށް ނުވަތަ ކާބަން ކްރެޑިޓް ވިޔަފާރިއަށް އެކުލަވާލަންޖެހޭ ރެގިއުލޭޝަން ގަވާއިދުގެ ފުރަތަމަ ދެލިކޮޕީ އެކުލަވާލައި ނިމިފައިވާ ކަމަށާއި، އަމާޒަކީ މި އަހަރުގެ ނިޔަލަށް އެ ގަވާއިދު އާންމުކޮށް ގެޒެޓްކުރުން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ކާބަން ވިއްކުން ނުވަތަ ކާބަން ކްރެޑިޓް ޓްރޭޑިންއަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ނުވަތަ ކާބަން ޑައިއޮކްސައިޑް މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ވިޔަފާރިއެކެވެ. މީގެ މައިގަނޑު މަގުސަދަކީ ދުނިޔެ ހޫނުވުން ކުޑަކުރުމެވެ. ގަސް އިންދުމާއި، އިރުގެ ހަކަތަ ފަދަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި، ތިމާވެއްޓާ ރައްޓެހި މަޝްރޫއުތައް ހިންގައިގެން ޖައްވުން ކާބަން މަދުކުރާ ކުންފުނިތަކާއި ގައުމުތަކަށް ކާބަން ކްރެޑިޓް ލިބޭއިރު، އެ ފަރާތްތަކުން މި ކްރެޑިޓްތައް ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކައެވެ.

ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ މިހާރު ކުރިއަށްދަނީ ކާބަން ވިއްކުމަށް ބޭނުންވާ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް ރިވިއުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ރާއްޖޭގައި ކާބަން މާކެޓް ފުޅާކުރުމަށްޓަކައި ބޭނުންވާ ގާނޫނާއި ގަވާއިދުގެ އޮނިގަނޑު (ލެޖިސްލޭޓިވް ފްރޭމްވޯކް) ފުރިހަމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އަމާޒަކީ މި އަހަރު ނިމޭއިރަށް ގެޒެޓްކުރުން. އޭގަ ބަޔާންކުރާނެ އިދާރީ ޒިންމާތަކާއި، ކްރެޑިޓް ބަލަހައްޓާނެ މެތޮޑޮލޮޖީ އަދި ރެކޯޑްތަކާއި ރިޕޯޓްތައް ބަލަހައްޓާނެ ގޮތްވެސް،" 

ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވަނީ މި މާކެޓް ފުޅާކުރުމަށް ހުރި ބައެއް ގޮންޖެހުންތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކާބަން މަޝްރޫއުތަކަކީ ހިންގަން އަގުބޮޑު މަޝްރޫއުތަކެއްކަން ފާހަގަކުރައްވައި، މާކެޓުގައި ކާބަން ވިއްކުމަށް ބޭނުންވާ މިންވަރަށް އޭގެ ކޮލިޓީ ރަނގަޅުކުރަންޖެހޭ ކަމަށާއި ކާބަން މެކޭނިޒަމްގައި ފުރިހަމަކުރަންޖެހޭ ކަންކަން ގިނަކަމަށް ވަޒީރު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ކުރިއަށް އޮތްތަނުގައި ބޮޑެތި ޕްރޮޖެކްޓްތައް މެދުވެރިކޮށް ކާބަން މާކެޓް ފުޅާކުރެވިގެންދިއުމަކީ މި ދާއިރާއިން އަމިއްލަ ވިޔަފާރިތަކަށް (ޕްރައިވެޓް ސެކްޓަރަށް) އިތުރު ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450