Ads by Farudhun

ޚަބަރު

އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމަށް ސީއެސްއެމްއިން ހާއްސަ ހަރަކާތްތަކެއް ބާއްވަނީ

އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމަށް ސީއެސްއެމްއިން ހާއްސަ ހަރަކާތްތަކެއް ބާއްވަނީ

ސީއެސްއެމް އިން ހާއްސަ ހަރަކާތްތަކެއް ބާއްވަނީ..

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

20 އޮކްޓޯބަރު 2026، 03:29

20 އޮކްޓޯބަރު 2026، 03:29

މިއަހަރު އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ރާވާފައިވާކަމަށް އެ ޖަމިއްޔާއިން ވިދާޅުވެއްޖެއެވެ.

ސީއެސްއެމްއިން ވިދާޅުވާ ގޮތުގައި، ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮޮތުގައި ކޮންމެ އަހަރަކުވެސް އޮކްޓޯބަރު މަހު މުޅި ދުނިޔޭގައިވެސް ހަރަކާތްތައް ދަނީ ހިންގަމުންނެވެ. މި ބަލި ކުރީކޮޅުގައި ދެނެގަތުމަށް ސްކްރީނިން ކުރުމާއި، ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އާންމުން އެކަމަށް ހޭލުންތެރިކުރުމަށް ސީއެސްއެމުން ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެ ޖަމިއްޔާއިން ވިދާޅުވެއެވެ. 

ކުރިއަށް ގެންދާ ހަރަކާތްތައް:

  • މިމަހު 7 އިން 10 އަކަށް ނ.އަތޮޅުގެ ހަތް ރަށެއްގައި ގްރޭޑް 6 އިން ފެށިގެން މަތީގެ ދަރިވަރުންނަށާއި ބެލެނެވެރިން އަދި އާންމުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ވަނީ ބާއްވާފައެވެ. ހަމައެއާއެކު ފަސް ބާވަތެއްގެ ކެންސަރު ސްކްރީންކުރުމުގެ ހިދުމަތް ދީފައިވެއެވެ.
  • 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާސެލޯނާ ނަސަންދްރާގައި "ލެޓް ޔުއާ ލަވް ލައިޓް އަޕް އަ ލައިފް" ޝިއާރުގެ ދަށުން މިމަހު 16 ވަނަ ދުވަހު ފަންޑްރެއިޒިން ގާލާ ޑިނާއެއް ބޭއްވިއެވެ. އެ ހަރަކާތަކީ ކެންސަރު ބަލި މީހުންނަށް އެހީތެރިވުމާއި ސްކްރީނުން ދަތުރުތަކަށް ބޭނުންވާ ފަންޑު ހޯދުމަށް ހިންގި ހަރަކާތެކެވެ.
  • މިމަހު 23 ވަނަ ދުވަހު ހާޑްރޮކް ކެފޭ މޯލްޑިވްސްގައި ކެންސަރުން ނިމިފައިވާ ފަރާތްތަކާއި ބަލިމީހުން އަދި އެހީތެރިންގެ މެދުގައި ތަޖުރިބާ ހިއްސާކޮށް، ހިތްވަރު ދިނުމުގެ ގޮތުން ހަރަކާތެއް ބާއްވަން ވަނީ ރާވާފައެވެ.
  • މިމަހު 24 ވަނަ ދުވަހު "އައި ކޭން، ޔޫ ކޭން، ހެލްޕް ޕުރިވެންޓް ކެންސާ" މި ޝިޔާރުގެ ދަށުން އެކުވެނި ޓްރެކް ސަރަހައްުގެ އިތުރުން ރާއްޖޭޣެ 47 ރަށާއި 5 ރިސޯޓުގައި 4،000 އަށްވުރެ ގިނަމީހުން ބައިވެރިވާ ހިނގުމާއި ދުވުމުގެ ހަރަކާތެއް ބާއްވާނެއެވެ.
  • މިމަހު 25 ވަނަ ދުވަހު ބަލި މީހުންނާއި ސަވައިވާސްއަށް ހާއްސަކޮށްގެން ސައިކޮލޮޖިކަލް އަދި ފިޒިކަލް ވެލްނެސް، ލިމްފެޓިކް ޑްރައިނޭޖް ކަސްރަތުތައް އަދި ޖެނެޓިކް ކައުންސިލިންސްޓިންގެ މުހިންމު ކަމާއި ބެހޭ ގޮތުން މައުލޫމާތު ސެޝަނެއް ބާއްވާނެއެވެ.
  • ޕިންކް ޒުމްބާ ނައިޓްގެ ނަމުގައި މިމަހު 29 ވަނަ ދުވަހު އަންހެން ބޭފުޅުންނަށް މުނިފޫހިފިލުވުމާއެކު ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމުގެ ގޮތުން ޒުމްބާ ހަރަކާތެއް އޮންނާނެއެވެ.

މީގެއިތުރުން، މިނިސްޓްރީތަކާއި ދައުލަތުގެ މުވައްސަސާތައް، ކުންފުނިތައް، ތައުލީމީ މުއައްސަސާގެ އިތުރުން ރިސޯޓްތަކުގައި އުރަމަތީ ކެންސަރަށް އަހުލުވެރިކުރުމަށް އަމިއްލައަށް އުރަމަތި ބަލައި ޗެކްކުރާނެ ގޮތުގެ ސެޝަންތައް ކުރިޔަށްދާނެއެވެ.

ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތަކަށްބަލާއިރު، ދުނިޔޭގައި އަހަރަކު 2.3 މިލިއަނަށްވުރެ ގިނަ އަންހެނުން އުރަމަތީ ކެންސަރަށް ޑައިގްނޯސްކުރެވެއެވެ. ރާއްޖޭގައި އެންމެ ގިނައިން ރިޕޯޓްކުރެވޭ ފަރުވާގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީ ކެންސަރު ހިމެނޭ ކަމަށް ސީއެސްއެމްއިން ހާމަކޮށްފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450