ޚަބަރު
ކޫއްޑޫ ކޯލްޑް ސްޓޯރޭޖް މަސައްކަތުގެ 57 އިންސައްތަ ނިމިއްޖެ
މި މަސައްތަކުގެ ތެރެއިން... ފޮޓޯ: ވުޒާރާ
ގއ. ކޫއްޑޫގައި ތަރައްގީކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ 57 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ކޫއްޑޫގައި ތަރައްގީކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީގެ އަދާހަމައަށް ބަލާއިރު 57 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރަށް އެ ވުޒާރާއިން ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މިހާރު ހުރި 2000 ޓަނުގެ ޖާގައަށް އިތުރު 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ޖާގަ އިތުރުކުރެވިގެންދާނެ ކަމަށެވެ.
މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ލަކީ ގްރޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޑެޓްއަށެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިއީ 6.6 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
ގއ. ކޫއްޑޫގައި ތަރައްޤީކުރާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުގެ އަދާހަމަ. #fishagrioceanprojects https://t.co/MmJ0EyyDmB
— Min of Fisheries, Agriculture and Ocean Resources (@MFAORmv) October 20, 2026
ރާއްޖޭގައި މި ވަގުތު ހުރީ 8500 ޓަނުގެ ކޯލްޓް ސްޓޯރޭޖް ކެޕޭސިޓީ ދެ ގުނަ ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މިހާރު ހުރި ކެޕޭސިޓީ ތިން ގުނަ އިތުރުކޮށް 25000 ޓަނަށް އިތުރުކުރުމަށް ކަމަށް މަސްވެރިކަމާއި ބެހޭ މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ކޫއްޑޫގައި އިތުރު 4000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އެޅުމަށް ފައިސާ ހަމަޖައްސާފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ތެރެއިންނެވެ.
ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށް ދުނިޔޭގެ ބާޒާރުގައި ދިވެހިން ބާނާ މަހަށް އަގު ކަނޑައެޅުމުގެ ބާރު ދިވެހިންނަށް ލިބިގެންދާނެ ކަމަށާއި އަދި އާންމުދަނީ އިތުރުވެގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.