Ads by Farudhun

ޚަބަރު

ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި

ސަރުކާރުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކުރެއްވުން -- ފޮޓޯ: ޕީބީސީ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

20 އޮކްޓޯބަރު 2026، 05:50

20 އޮކްޓޯބަރު 2026، 05:50

ސަރުކާރުގެ 3 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން މިއަދު އައްޔަނުކޮށްފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވިދާޅުވެއްޖެއެވެ.

ޕީސީބީ އިން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފައިވާ ކަމަށެވެ. އެއީ މޯލްޑިވްސް ޕޯސްޓް ލިމިޑެޓާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޑެޓާއި ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށެވެ.



މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ މ. އަހުލިހަ މުހައްމަދު އަރީޝް އެވެ. އޭނާ އަކީ މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޑެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ގ. މާޅިކަ އަހްމަދު އިމްދާހް މުހައްމަދު އެވެ. އަދި ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ގދ. ތިނަދޫ ޕެންޒީމާގެ އިސްމާއީލް ފަރުހާދު އަހްމަދު އެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450