Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާއަށް އެއަރޕޯޓުން މަރުޚަބާ ދެންނެވުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

20 އޮކްޓޯބަރު 2026، 08:16

20 އޮކްޓޯބަރު 2026، 08:16

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދަތުރުކުރެއްވި ފްލައިޓް، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އަދި އެ ދެކަނަބަލުންނަށް ވައިގެބަނދަރުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން އެ ދެކަނަބަލުންގެ ޝަރަދުގައި 21 ބަޑީގެ ސަލާމެއް ވަނީ ކިޔާފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީކޮށް މަރުޚަބާ ދެންނެވުން އޮންނާނީ މާދަމާއެވެ.

މި މަހުގެ 22 ގެ ނިޔަލަށް ކުރިއަށްދާ މި ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ޕާކިސްތާނަށް ކުރައްވާ މިފަދަ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މިއީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާ މުހިންމު ދަތުރުފުޅެއް ކަމަށްވެސް އެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450