Ads by Farudhun

ޚަބަރު

ރާއްޖެއިން ފޯލިކް އެސިޑް ހުހެއް ނުވޭ: ސްޓޭޓްފާމާ

ރާއްޖެއިން ފޯލިކް އެސިޑް ހުހެއް ނުވޭ: ސްޓޭޓްފާމާ

ސްޓޭޓްފާމާ---

farudhun logo

ފަރުދުން

20 އޮކްޓޯބަރު 2026، 09:09

20 އޮކްޓޯބަރު 2026، 09:09

މާލޭގެ ބޭސްފިހާރަތަކުން ފޯލިކް އެސިޑް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ދޮގުކޮށް، ރާއްޖެއިން އެ ބޭސް ހުސްނުވާ ކަމުގެ ފުރިހަމަ ޔަގީންކަން ސްޓޭޓްފާމާއިން ދީފިއެވެ.

ސްޓޭޓްފާމާއިން ބުނީ، މާލޭގައި ފޯލިކް އެސިޑް ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ހަބަރު ފެތުރެމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ކުންފުނީގެ މައި ސްޓޮކްގައާއި އަދި އެކި ބޭސްފިހާރަތަކުން ވެސް ފޯލިކް އެސިޑް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މީގެއިތުރުން، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޭނުންވާ އަސާސީ ބޭސްތައް، އެއްވެސް ދަތިކަމެއް ނެތި މެދުނުކެނޑި ފޯރުކޮށްދިނުމުގައި ސްޓޭޓްފާމާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ.

އަދި ބޭހާއި ގުޅޭ ގޮތުންނާއި، ކުންފުނިން ފޯރުކޮށްދޭ އިތުރު އެއްވެސް ހިދުމަތަކާ ގުޅޭގޮތުން ސުވާލެއް އޮތްނަމަ، މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް އަބަދުވެސް ހުޅުވިފައިވާ ކަމަށްވެސް ސްޓޭޓްފާމާއިން ވަނީ ހާމަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450