Ads by Farudhun

ޚަބަރު

ދައުލަތުގެ މުހިންމު އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހައްޔަރުކޮށްފި

ދައުލަތުގެ މުހިންމު އިމާރާތްތަކެއްގައި ހުޅުޖަހަން ގޮވާލި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހައްޔަރުކޮށްފި

ހުސެއިން އާދަމް ބިލްޑިންގް---

farudhun logo

ފަރުދުން

20 އޮކްޓޯބަރު 2026، 09:27

20 އޮކްޓޯބަރު 2026، 09:27

ދައުލަތުގެ މުހިންމު ތިން ބާރު ތަމްސީލުކުރާ އިމާރާތްތަކެއްގައި ހުޅުޖެހުމަށް ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރަކު، ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް، ފަސްޓް ލެފްޓިނެންޓް (ރިޓަޔަރޑް) އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންއެވެ. ޒިހާން ހައްޔަރުކޮށްފައި ވަނީ ދައުލަތުގެ މުހިންމު އިމާރާތްތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ މީސްމީޑިއާގައި ޕޯސްޓުތަކެއް ކުރި މައްސަލައިގައެވެ.

ޒިހާން އިނގިރޭސި ބަހުން ޝާއިޢުކުރި އެ ޕޯސްޓުގައި، ދަޢުލަތުގެ މުހިންމު ތިން ބާރު ތަމްސީލުކުރާ ތިން އިމާރާތުގައި ހުޅުޖެހުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ނުލިބެންވީ ސަބަބަކާމެދު ވަނީ ސުވާލު އުފައްދާފައެވެ. އަދި އެ ތަންތަނުގައި އަލިފާން ރޯކޮށްލުމަކީ 'މަޖާ' ކަމަކަށް ވާނެ ކަމަށްވެސް އޭނާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ބަޔާންކުރާ ގޮތުގައި، ޓެރަރިޒަމްގެ މިފަދަ ޢަމަލުތަކަށް ހިތްވަރުދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. ޤާނޫނުގައިވާ ގޮތުން މިފަދަ ކުށެއް ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެމީހެއް

ގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ ޙުކުމެއް އަންނާނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަޙުޤީޤު ހިންގަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450