ޚަބަރު
ފުވައްމުލަކު ޕޮލިސް އެކޮމޮޑޭޝަން ބްލޮކްގެ ކޮންކްރީޓް މަސައްކަތްތައް ބާރަށް ކުރިއަށް
ފުވައްމުލަކު ޕޮލިސް އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ޏ. ފުވައްމުލައް ސިޓީގައި އިމާރާތްކުރަމުންދާ ޕޮލިސް އެކޮމޮޑޭޝަން ބްލޮކްގެ ގްރައުންޑް ފްލޯގެ ކޮލަމް ކޮންކްރީޓް މަސައްކަތްތައް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިކަން ހާމަކުރެއްވީ، މަޝްރޫއުގެ އެންމެފަހުގެ އަދާހަމަ ހިއްސާކުރެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ.
މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގައި ތަރައްޤީކުރާ އެކޮމަޑޭޝަން ބްލޮކަކީ ޖުމްލަ 11،946 އަކަފޫޓުގެ ސަރަޙައްދެއްގައި 3 ފަންގިފިލާއަށް އިމާރާތްކުރާ ތަނެކެވެ. މީގެއިން ކޮންމެ ފަންގިފިލާއެއްގެ ބޮޑުމިނުގައި 3,982 އަކަފޫޓު ހުންނާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢަކީ ފުލުހުންގެ އުމްރާނީ ވަސީލަތްތައް ފުޅާކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ހިންގާ މަޝްރޫޢެއް ކަމަށްވާއިރު، މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19.17 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
Project Update: Construction Of Gn. Fuvahmulah Police Accommodation Block Ground floor column concrete works are currently ongoing at the project site. Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/3zZtGRotRb
— MTCC Plc (@MTCCPlc) October 20, 2026
މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ ފޮޓޯތަކާއި މަޢުލޫމާތު އެމްޓީސީސީގެ ޕްރޮޖެކްޓް ޕޯޓަލް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްދާއިރު، އެ ކުންފުނިން އަންނަނީ ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ހިއްސާތަކެއް ވަމުންނެވެ. ރާއްޖޭގެ އެކިއެކި ރަށްރަށުގައި އެ ކުންފުނިން، އެ ރަށްރަށުގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި ހިމެނޭ ގަނަ ޕްރޮޖެކްޓުތަކަކީ އަދުގެ ސަރުކާރުގެ އިސްނެންގެވުމުގެ ދަށުން އެ ކުންފުންޏާއި ހަވާލުކުރެވިގެން ކުރިއަށްދާ ޕްރޮޖެކްޓުތަކެކެވެ.