Ads by Farudhun

ޚަބަރު

މިދިޔަ ހަފްތާގައި ހިމަބިހީގެ އެއްވެސް ކޭހެއް ފެނިފައެއް ނުވޭ

މިދިޔަ ހަފްތާގައި ހިމަބިހީގެ އެއްވެސް ކޭހެއް ފެނިފައެއް ނުވޭ

ހިމަބިހި...

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

21 އޮކްޓޯބަރު 2026، 09:58

21 އޮކްޓޯބަރު 2026، 09:58

މާލެ ސަރަހައްދުން މިދިޔަ ހަފްތާގެ ތެރޭގައި ހިމަބިހީގެ އެއްވެސް ކޭހެއް ރިޕޯޓުކުރެވިފައި ނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޓެސްޓްކުރި ސުންކުތަކުން ހިމަބިހި (މީޒަލްސް) ޖެހިފައިވާ އެއްވެސް މީހަކު ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. ނަމަވެސް ބަލި މޮނިޓަރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އިތުރު ކޭސްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 287 މީހުން ވަނީ ހިމަބިއްސަށް ފައްސިވެފައެވެ. އަދި މި ބައްޔާ ގުޅިގެން މިހާތަނަށް 16،689 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ކަނޑައެޅި ނަމަވެސް، 2020 އަދި 2023 ވަނަ އަހަރުވެސް މަދު ވޭދަނަތަކެއް ފެނިފައިވެއެވެ. އެހެންނަމަވެސް އެ އަހަރުތަކާ އަޅާބަލާއިރު މި އަހަރު ބަލި ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ހިމަބިހީގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކާއި، ބަލިޖެހިފައިވާ މީހަކާ އެއްތާވި މީހުން ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި މި ވެކްސިން ލިބެން ހުންނާނެއެވެ.



މާލެ ސަރަހައްދުން ހިމަބިހީގެ ވެކްސިންގެ ހިދުމަތް ތަންތަން:

އޫޕީއެޗްސީސީ، އާދިއްތަ - ބުރާސްފަތި (8:30-12:00)
ހުޅުމާލޭ ހޮސްޕިޓަލް، އާދިއްތަ، ހޯމަ އަދި އަންގާރަ (9:00-11:00)، ބުދަ، ބުރާސްފަތި، ހޮނިހިރު (13:00-15:00)
ސެނެހިޔާ ހޮސްޕިޓަލް، އާދިއްތަ - ބުރާސްފަތި (10:00-16:00)
ވިލިމާލެ ހޮސްޕިޓަލް، އާދިއްތަ - ބުރާސްފަތި (13:30-15:30)

ހިމަބިހި ޖެހިފައިވާ ފަރާތްތަކާއި ގާތުން އެއްތާވި މީހުންނަށް ވެކްސިން ދޭ ތަންތަން:

ޔޫޕީއެޗްސީސީ، އާދިއްތަ - ބުރާސްފަތި (14:00-15:30)
ހުޅުމާލޭ ހޮސްޕިޓަލް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު (9:00-11:00)

ބަލިމީހަކާ ދިމާވި ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލާއި ދަމަނަވެށިން ވަކި ވަގުތުތަކެއްގައި ވެކްސިން ދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450