Ads by Farudhun

ޚަބަރު

"މޯލްޑިވްސް ފައިނޭންސް ފޯރަމް"ގައި ބައިވެރިވުމަށް ހުޅުވާލައިފި

"މޯލްޑިވްސް ފައިނޭންސް ފޯރަމް"ގައި ބައިވެރިވުމަށް ހުޅުވާލައިފި

ކުރިން ބޭއްވުނު "މޯލްޑިވްސް ފައިނޭންސް ފޯރަމް"އެއް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 އޮކްޓޯބަރު 2026، 09:58

21 އޮކްޓޯބަރު 2026، 09:58

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް"ގެ 13 ވަނަ އެޑިޝަންގައި ބައިވެރިވުމަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު ދުސިތްޑީ2 ފޭދޫ މޯލްޑިވްސްގައެވެ.

މި އަހަރުގެ ފޯރަމްގެ ޝިޢާރަކީ "ގްރީން ފައިނޭންސް: ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" ކަމަށްވާއިރު، ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްލްމާލު ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގުވާމީ ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. 

ޕެންޝަން އޮފީހުން ފާހަގަކުރި ގޮތުގައި، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކަކީ މިހާރު މާލީ ނުރައްކަލެއްގެ ގޮތުގައި އިންވެސްޓަރުންނާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ދެކޭ ކަމެކެވެ. މި ބަދަލާއެކު ގައުމުތަކަށާއި މުއައްސަސާތަކަށް ދިގުމުއްދަތުގެ ރައުސްލްމާލު ލިބުމުގައި އަމަލުކުރާ އުސޫލުތަކަށް ބަދަލުތަކެއް އަންނަމުންދާތީ، ރާއްޖޭގައި އިތުބާރު ހުރި ގްރީން ފައިނޭންސް މާކެޓެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތަކާ ގުޅޭ މާލީ ވަސީލަތްތަކާއި މާކެޓުގެ ހާލަތްތަކާ މެދު މި ފޯރަމްގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭނެއެވެ.



ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރު އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ މައި އިދާރާގެ ހައިސިއްޔަތުން، ޕެންޝަން ފަންޑުގެ މެންބަރުންގެ މާލީ ރައްކާތެރިކަން ބިނާވެފައިވަނީ ގައުމުގެ ވިލުންތެރި އަދި ދެމެހެއްޓެނިވި އިގްތިސާދީ ސިޔާސަތުތަކާއި ދިގުމުއްދަތުގައި އެކަށީގެންވާ ނަފާއެއް ލިބޭނެ އިންވެސްޓްމަންޓްތަކުގެ މައްޗަށް ކަމަށް އެ އޮފީހުން ބުނެއެވެ. އެހެންކަމުން މި ފޯރަމަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ޚިޔާލު ބަދަލުކޮށް، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ރާއްޖެއަށް ފަހިވެފައިވާ އައު ފުރުސަތުތައް ދެނެގަތުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"މޯލްޑިވްސް ފައިނޭންސް ފޯރަމް"ގައި ބައިވެރިވާން ބޭނުންވެލައްވާ ފަރާތްތަކުން، financeforum.mv ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓްރީވެވޭނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450