ޚަބަރު
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު އިންޑިއާގެ އާރްބީއައިގެ ގަވަރުނަރާ ބައްދަލުކުރައްވައިފި
މި ބައްދަލިކުރެއްވުމުގެ ތެރެއިން... ފޮޓޯ: އެމްއެމްއޭ
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ރިޒާވް ބޭންކް އޮފް އިންޑިއާގެ ގަވަރުނަރާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ގަވަރުނަރު މުނައްވަރު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު، ރިޒަރވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) ގެ ގަވަރުނަރު ސަންޖޭ މަލްހޯތުރާއާއި ބައްދަލުކުރެއްވީ އިންޑިއާގެ ވެރިރަށް ދިއްލީގައެވެ. މި ބައްދަލުކުރެއްވުން ބޭއްވީ އާރްބީއައި އިން އިންތިޒާމުކޮށްގެން މަރުކަޒީ ބޭންކުތަކަށް ހާއްސަކޮށް ބޭއްވި ބައިނަލްއަގުވާމީ ސެމިނާ "ސަމްވާދު 2026" ގެ ހަވާސާގެ ތެރެއިން ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއްވައެވެ.
މި ބައްދަލުވުމުގައި، 30 ބިލިއަން އިންޑިއަން ރޫޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ފުރަތަމަ ރޯލްއޯވަރ ހަމަޖައްސައިދެއްވިކަމަށްޓަކައި، ގަވަރުނަރު ވަނީ އާރްބީއައި އަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ޔޫޕީއައި އާއި ފަވަރަ ގުޅާލުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.
The Governor of the Maldives Monetary Authority (MMA), Ahmed Munawar, met the Governor of the Reserve Bank of India (RBI), Sanjay Malhotra, in Delhi on 19 October 2026, on the sidelines of Samvad 2026, an international seminar for central banks organised by the RBI. The Governor expressed appreciation to the RBI for approving the first rollover of the INR 30 billion currency swap facility. He also provided an update on the UPI–Favara integration and discussed further cooperation on the Person-to-Merchant (P2M) connection, which is to be launched by the first half of 2027, enabling seamless payments for tourists and strengthening bilateral trade. The two Governors also discussed opportunities to further strengthen cooperation between the central banks. Governor Munawar was accompanied by Mariyam Rashfa, Managing Director, Monetary Policy, Economics and Statistics, and Abdulla Nasif, Deputy Manager, Licensing Section, MMA.
— MMA (@MMA_Maldives) October 20, 2026
މި ބައްދަލުވުމުގައި އަންނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ތައާރަފުކުރުމަށް ހަމަޖެހިފައިވާ 'ޕާސަން-ޓު-މާޗަންޓް' ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އެމްއެމްއޭ އިން ވިދާޅުވެއެވެ. މިއީ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ މަގުފަހިކޮށްދީ، ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތެކެވެ. އަދި ދެ ގައުމުގެ މަރުކަޒީ ބޭންކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ގަވަރުނަރުން މަޝްވަރާކުރެއްވިކަމަށް އެމްއެމްއޭ އިން ވަނީ ވިދާޅުވެފައެވެ.
'ފަވަރަ' އާއި، އިންޑިޔާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް 'ޔޫޕީއައި' ގުޅާލާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގެ މާލީ ތާރީޚުގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއްކަމަށް އެމްއެމްއޭ އިން ވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު ދެ ގައުމުގެ ދެމެދުގައި ފައިސާ ފޮނުވުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން ފާހަގަކޮށްފައިވެއެވެ.