Ads by Farudhun

ޚަބަރު

މިދިޔަ އަހަރު އިސްރަށްވެހިންނަށް އަމާޒުކޮށް ގިނަ ޕްރޮގްރާމްތަކެއް ހިންގައިފި

މިދިޔަ އަހަރު އިސްރަށްވެހިންނަށް އަމާޒުކޮށް ގިނަ ޕްރޮގްރާމްތަކެއް ހިންގައިފި

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 19 ވަނަ ބައްދަލުވުން. ފޮޓޯ: މަޖިލިސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޮކްޓޯބަރު 2026، 11:41

21 އޮކްޓޯބަރު 2026، 11:41

މިދިޔަ އަހަރު މާލޭ އިސްރަށްވެހިންގެ ނާދީގައި އެކަނިވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން 488 ޕްރޮގްރާމެއް ހިންގާފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

 މި މަޢުލޫމާތު ހާމަކުރައްވާފައިވަނީ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެ ވުޒާރާގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ކޮމިޓީ ބައްދަލުވުމުގައި އެ ވުޒާރާގެ ފަރާތުން ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވަމުން، ލީޑް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ އަކްރަމް ޙުސައިން ވިދާޅުވީ ހުޅުމާލޭ އިސްރަށްވެހިންގެ ނާދީގެ ޚިދުމަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންގެ ދައުރު މުޖުތަމަޢުގައި ފުޅާކުރުމަށާއި އުފާވެރި މާހައުލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ "އުފާވެރި ރާސްތާ" ޕްރޮގްރާމް 13 އަތޮޅެއްގައި ހިންގާފައިވާއިރު، އެ ޕްރޮގްރާމްތަކުގައި 1180 ފަރާތަކުން ބައިވެރިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އިސްރަށްވެހިންގެ ޤައުމީ ސިޔާސަތު އެކުލަވާލުމަކީ މިދިޔަ އަހަރު ލިބުނު ބޮޑު ކާމިޔާބެކެވެ.

"އެކަން ތަންފީޒުކުރުމަށް ބޭނުންވާ އެކްޝަން ޕްލޭންވެސް ވަނީ އެކުލަވާލާފައި. އަދި ދާންމަތި ވެފައިވާ މީހުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށް ޝަރުތު ހަމަވާ 35 ފަރާތަކަށް ޚިދުމަތް ދީފައިވާނެ،" އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން އިޖުތިމާއީ އެހީތެރިންނާ ގުޅޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، މުޖުތަމަޢުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ރައްކާތެރިކަމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެ ވުޒާރާއިން މަޖިލީހުގެ ކޮމިޓީގައި ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އަންހެނުން ބާރުވެރިކުރުވުމާއި މިންތީގެ ހަމަހަމަކަމާ ގުޅޭ ޤާނޫނުތަކަށް ހޭލުންތެރިކުރުމުގެ 37 ޕްރޮގްރާމެއްވެސް މިދިޔަ އަހަރު ވަނީ ހިންގާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450