Ads by Farudhun

ޚަބަރު

ބާރަށުގައި އިމާރާތްކުރާ 500 މީހުންގެ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ

ބާރަށުގައި އިމާރާތްކުރާ 500 މީހުންގެ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ

ބާރަށުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޮކްޓޯބަރު 2026، 10:49

22 އޮކްޓޯބަރު 2026، 10:49

ހއ. ބާރަށުގައި އަލަށް އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ބެކްފިލިން ނުވަތަ ފަސްއެޅުމުގެ މަސައްކަތް މިހާރު ސައިޓުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިސްކިތުގެ ފައުންޑޭޝަން އަޅައި ކޮލަމް ކޮންކްރީޓް މަސައްކަތްތައް ވެސް ވަނީ ފުރިހަމަކޮށްފައެވެ. އަދި އިމާރާތުގެ ރާނާ މަސައްކަތްތައް ފެށުމުގެ ކުރިން، ބިންގަން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ފަސްއެޅުމުގެ މަސައްކަތްތައް ސައިޓުގައި މިހާރު ދަނީ ހަލުވިކަމާއެކު ހިނގަމުންނެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 15 މާރިޗު 2025 ގައެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު (ރިޓަޔަރޑް) ޑީސީޕީ އަޙްމަދު ސަޢުދީއެވެ. މި މަސައްކަތް އަވަސްކުރުމަށްޓަކައި އެމްޓީސީސީން ވަނީ އޭޕްރީލް 2026 ގައި އިތުރު މަސައްކަތު ޓީމެއް ބާރަށަށް ފޮނުވާފައެވެ.

ބާރަށު މުޖުތަމަޢަށް ދީނީ އަދި ތަޢުލީމީ ގޮތުން ގިނަ ފައިދާތަކެއް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ މި މިސްކިތުގައި، އެއްފަހަރާ 500 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ އެއާކޮންޑިޝަން ކުރެވިފައިވާ ޒަމާނީ ނަމާދު ހޯލެއް ހިމެނެއެވެ. މީގެއިތުރުން، ޤުރްއާން ކުލާސްތައް ހިންގުމަށް ޚާއްޞަ ކްލާސްރޫމްތަކާއި، އިމާމު ހުރުމަށް ޚާއްޞަ އެކޮމޮޑޭޝަން ޔުނިޓަކާއި، ފިރިހެނުންނާއި އަންހެނުންނަށް ވަކިން ވުޟޫކުރެވޭނެ އިންތިޒާމުތައް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450