Ads by Farudhun

ޚަބަރު

ގިނަ ބަޔަކު ވެގެން އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އިތުރު ސީރިއަސް ކަންތައްތަކެއް

ގިނަ ބަޔަކު ވެގެން އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އިތުރު ސީރިއަސް ކަންތައްތަކެއް

ކުއްލި ޚަބަރު---

farudhun logo

ފަރުދުން

21 އޮކްޓޯބަރު 2026، 06:33

21 އޮކްޓޯބަރު 2026، 06:33

ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ގިނަ ބަޔަކު ވެގެން 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގެ ތެރެއިން، އިތުރު ސީރިއަސް ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކުރުން ނުވަތަ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.

މި ތުހުމަތުތަކާ ގުޅިގެން މައްސަލައިގެ ސީރިއަސްކަން ބޮޑުވެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ވަރަށް އިސްކަންދީގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. 

އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަދި އިތުރު މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450