Ads by Farudhun

ޚަބަރު

ކައުންސިލަރުންގެ މުސާރައަށް 5،000ރ. އިތުރުކުރުމަށް ކޮމެޓީން ފާސްކޮށްފި

ކައުންސިލަރުންގެ މުސާރައަށް 5،000ރ. އިތުރުކުރުމަށް ކޮމެޓީން ފާސްކޮށްފި

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން / ފޮޓޯ: މަޖިލިސް

farudhun logo

ފަރުދުން

21 އޮކްޓޯބަރު 2026، 09:16

21 އޮކްޓޯބަރު 2026، 09:16

ދަޢުލަތުގެ ބައެއް އިސް މަގާމުތަކާއި ކައުންސިލަރުންގެ އެލަވަންސްތަކަށް ބަދަލު ގެނައުމަށް ހުށަހަޅައި، ރަށު ކައުންސިލަރުންގެ މުސާރައަށް 5،000 ރުފިޔާ އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި، އިތުރު ކަންކަމުގެ ބައިގައި ދަޢުލަތުގެ މުސާރަތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ. އޭނާ ހުށަހެޅުއްވީ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އަދި ރަށު ކައުންސިލަރުންގެ އެލަވަންސްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށެވެ.

މިގޮތުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން އަދި މެމްބަރުންގެ އެލަވަންސަށް 5،000 ރުފިޔާ އިތުރުކުރުން ހިމެނެއެވެ. މިހާރު އޮންނަ އުސޫލުން ކައުންސިލްގެ ރައީސަކަށް 25،000 ރުފިޔާ، ނައިބު ރައީސަކަށް 20،000 ރުފިޔާ އަދި ކައުންސިލް މެމްބަރަކަށް ލިބިވަޑައިގަންނަވަނީ 18،000 ރުފިޔާއެވެ. ކޮމިޓީން މި ގެނައި ބަދަލާއެކު މި ހުރިހާ މަގާމުތަކުގެ މުސާރައަށް 5،000 ރުފިޔާގެ ކުރިއެރުމެއް އަންނާނެއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ މުސާރައިގެ ފަރަގު ނައްތާލުމަށްޓަކައި، މަޖިލީހުގެ ރައީސަށް ދޭ އެލަވަންސަށް 22،000 ރުފިޔާ އިތުރުކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ. މިހާރު މަޖިލީހުގެ ރައީސަށް 73،125 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މި ބަދަލާއެކު އެމަނިކުފާނުގެ މުސާރަ 95،125 ރުފިޔާއަށް އަރާނެއެވެ. މިހާރު މަޖިލީހުގެ ނައިބު ރައީސަށް 91،000 ރުފިޔާ އަދި އާންމު މެންބަރަކަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވާތީ، މަޖިލީހުގެ ރައީސްގެ މުސާރައަށް މި ބަދަލު ގެންނަން ހުށަހެޅީ އެ ފަރަގު ކުޑަކުރުމުގެ ބޭނުމުގައެވެ.

ވަޒީރުންގެ މުސާރައަށް ބަލާއިރު، މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ ބޭފުޅުންނަށްވުރެ ވަޒީރުންގެ މުސާރަ މިހާރުވެސް ބޮޑުކަމަށް ފާހަގަކުރެވިފައިވާތީ، ވަޒީރުންގެ އަސާސީ މުސާރައަށް ބަދަލު ގެނައުމުގެ ބަދަލުގައި އެހެނިހެން އެލަވަންސްތަކެއް ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ވަޒީރުންގެ ޕެޓްރޯލް އެލަވަންސަށް 2،000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12،000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3،000 ރުފިޔާ ދިނުމަށް ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450