ޚަބަރު
ތަމްރީނު ދަތުރެއްގައި އިންޑިއާ ނޭވީގެ ތިން މަނަވަރެއް ރާއްޖެ އަތުވެއްޖެ
އިންޑިއާ ނޭވީގެ ތިން މަނަވަރު..
ތަމްރީނު ދަތުރެއްގައި އިންޑިއާ ނޭވީގެ ތިން މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.
މި ޕްރޮގްރާމުގައި މަޢުލޫމާތާއި އޮޕަރޭޝަނަލް ތަޖުރިބާ ހިއްސާކުރުމަށްޓަކައި، އިންޑިއާ އަދި ދިވެހިރާއްޖޭގެ އޮފިޝަލުންގެ މެދުގައި ތަމްރީނު ހަރަކާތްތަކާއި ޕްރޮފެޝަނަލް އެކްސްޗޭންޖްތައް ކުރިއަށްދާނެ ކަމަށް ހައިކޮމިޝަނުން ވިދާޅުވިއެވެ.
އިންޑިއާގެ ނޭވީގެ ފަސްޓް ޓްރެއިނިންގ ސްކޮޑްރަންގެ ތިން އުޅަނދެއް ތަމްރީނު ދަތުރެއްގައި މިއަދު މާލެ އަތުވެއްޖެއެވެ. މި ދަތުރުގެ ތެރެއިން މާލޭގެ ބަނދަރަށް ކައިރިކޮށްފައިވަނީ އައިއެންއެސް ތީރާއި، އައިއެންއެސް ސުޖާތާގެ އިތުރުން އިންޑިއަން ކޯސްޓް ގާޑް ޝިޕް ސާރަތީއެވެ.
އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވި ގޮތުގައި މި ދަތުރުގެ މަޤްޞަދަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމާއި ގުޅުން އިތުރަށް ބަދަހިކުރުމެވެ.
މި ޕްރޮގްރާމުގައި މަޢުލޫމާތާއި އޮޕަރޭޝަނަލް ތަޖުރިބާ ހިއްސާކުރުމަށްޓަކައި އިންޑިއާ އަދި ދިވެހިރާއްޖޭގެ އޮފިޝަލުންގެ މެދުގައި ހިންގޭ ތަމްރީނު ޙަރަކާތްތަކާއި ޕްރޮފެޝަނަލް އެކްސްޗޭންޖްތައް ހިމެނޭނެ ކަމަށް ހައިކޮމިޝަނުން ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާ އަދި ދިވެހިރާއްޖެ އިން ވަނީ ސްރީލަންކާއާއެކު ގުޅިގެން ސަލާމަތީ ތަމްރީނުތަކުގައި ވެސް ބައިވެރިވެފައެވެ. ސަލާމަތީ ބާރުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކުރުމަށްޓަކައި، މި ތިން ޤައުމުން ކޮންމެ ދެ އަހަރަކުން އެއްފަހަރު "ދޯސްތީ" ފަރިތަކުރުންތައް ބާއްވައެވެ.
"ދޯސްތީ" ތަމްރީނުގެ އެންމެ ފަހުގެ ބުރު ބާއްވާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ.