Ads by Farudhun

ޚަބަރު

ޤައުމީ ސަލާމަތަށް ގެއްލުންވާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ: ވަޒީރު އިހުސާން

ޤައުމީ ސަލާމަތަށް ގެއްލުންވާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ: ވަޒީރު އިހުސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 އޮކްޓޯބަރު 2026، 11:17

22 އޮކްޓޯބަރު 2026، 11:17

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ދެއްވައިފިއެވެ. 

ވަޒީރު މިކަމުގެ ޔަގީންކަންދެއްވަމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާނެ ކަމަށާއި، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ޤާނޫނީ ފުރިހަމަ ބާރު އަބަދުވެސް އޮންނާނެ ކަމަށެވެ.

އަދި މި ނޫން ގޮތަކަށް މި ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށާއި، އެމަނިކުފާނަކީ ވެސް މި ޤައުމު ދިފާޢުކުރުމަށްޓަކައި ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުންނެވި ބޭފުޅެއް ކަމަށް އިޙުސާން ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެ މަޝްރޫޢަކީ ރާއްޖޭގައި ވިޔަފާރި އުޞޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިހާރުވެސް ފަތުރުވެރިކަމާއި، ދަނޑުވެރިކަން އަދި ސިނާޢީ މަސައްކަތްތަކަށް 200 އަށްވުރެ ގިނަ ރަށް ދޫކޮށްފައިވާއިރު، އެ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަމުންދަނީ އެ ބަޔަކު އަމިއްލައަށް ކަމަށާއި، ރަސްމާލެވެސް މިކަމުގައި ތަފާތު ނުވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ހުރިހާ ތަނެއްގައިވެސް ދިވެހި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރަންޖެހޭ ޙާލަތެއް އަތުވެއްޖެނަމަ ފުލުހުން އެކަން ކުރާނެ ކަމަށާއި، ރަސްމާލޭގައިވެސް އެ ވާޖިބު އަދާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، އެ ޕްރޮޖެކްޓުގެ ބާވަތުން ފުލުހުންގެ ޚިދުމަތް އެ ރަށުގައި ޤާއިމުވެތިބެގެން ދޭންޖެހޭނަމަ އެކަންވެސް އެގޮތަށް ކުރިއަށްދާނެ ކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭ ގޮތަށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކުރައްވައި، ޤައުމީ ސަލާމަތާ ގުޅޭ މިފަދަ ކަންކަމުގައި ދޮގު ވާހަކަ ނުފެތުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކަންކަމުގެ މަޢުލޫމާތު ސާފުނޫންނަމަ، އެ މަޢުލޫމާތު އެނގޭ ފަރާތްތަކުން އޮޅުންފިލުވުމަށްވެސް ވަޒީރު އެދިވަޑައިގެންނެވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450