Ads by Farudhun

ޚަބަރު

ވިއްސާރައާ ގުޅިގެން ވެލިބަސްތާ ޖެހުމަށް އެދުނު 31 ތަނަކަށް އެހީތެރިކަން ފޯރުކޮށްދީފި

ވިއްސާރައާ ގުޅިގެން ވެލިބަސްތާ ޖެހުމަށް އެދުނު 31 ތަނަކަށް އެހީތެރިކަން ފޯރުކޮށްދީފި

އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ކުރުން / ފޮޓޯ: އެމްއެންޑީއެފް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 އޮކްޓޯބަރު 2026، 12:14

22 އޮކްޓޯބަރު 2026، 12:14

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ފެންބޮޑުވިޔަ ނުދިނުމަށްޓަކައި ވެލިބަސްތާ ޖެހުމަށް އެދުނު ތަންތަނުގެ ތެރެއިން މިހާތަނަށް 31 ތަނަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން އެކްސްގައި އާންމުކުރި އަދާހަމައިގައިވާ ގޮތުން، ރޭގެ 23:00 އާ ހަމައަށް ވެލިބަސްތާ ޖަހައިދިނުމަށް އެދި ގިނަ އަދަދެއްގެ ތަންތަނުން ރިޕޯޓުކޮށްފައިވެއެވެ.

އޭގެ ތެރޭގައި 33 ގެއަކާއި، 35 ފިހާރައާއި، 6 ކެފޭ/ރެސްޓޯރަންޓުގެ އިތުރުން ސަރުކާރާއި އަމިއްލަ އެކި 5 އިމާރާތަކާއި 4 ސްކޫލް ހިމެނެއެވެ. 

މީގެއިތުރުން 2 ކްލިނިކާއި، 2 ގުދަން، 1 އޮފީސް އިމާރާތް އަދި ކޮންސްޓްރަކްޝަން ސައިޓަކުން ވެސް ވަނީ ވެލިބަސްތާ ޖެހުމަށް އެދިފައެވެ. މި ހާދިސާގައި އެއް ގެއަކުން ނަޖިސް ލީކުވުމުގެ މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ، ވެލިބަސްތާ ޖަހައިދިނުމަށް އެދުނު ތަންތަނުގެ ތެރެއިން ބާކީ ހުރި ތަންތަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ކަމާގުޅުންހުރި އެކި މުއައްސަސާތަކާ ގުޅިގެން މިހާރު ވެސް ކުރަމުންދާ ކަމަށެވެ.



މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުގައި ހެދިފައިވާ ފެން ހިންދުމަށް ޓަކައި މާލޭގެ 10 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ވަނީ ހަރަކާތްތެރިވެފައެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް، ދިވެހި ފުލުހުންގެ ޚިދުމަތް، ދިވެހި ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެން ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450