Ads by Farudhun

ޚަބަރު

އިންޒެކް 2026 ގެ ކޭޓަރިންގ ޕާޓްނަރަކަށް މިއަހަރުވެސް ބުރުޒު ކޭޓަރިންގ ހަމަޖައްސައިފި

އިންޒެކް 2026 ގެ ކޭޓަރިންގ ޕާޓްނަރަކަށް މިއަހަރުވެސް ބުރުޒު ކޭޓަރިންގ ހަމަޖައްސައިފި

އިންޒެކް 2026 ގެ ކޭޓްރިންގ ޕާޓްނަރަ އަކަށް ބުރުޒު ކޭޓްރިންގ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޮކްޓޯބަރު 2026، 01:55

22 އޮކްޓޯބަރު 2026، 01:55

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026) ގެ ކޭޓަރިންގ ޕާޓްނަރަކަށް ބުރުޒު ކޭޓަރިންގ ހަމަޖައްސައިފިއެވެ. މިދިޔަ އަހަރު ބޭއްވި އިންޒެކް 2025 ގެ ކޭޓަރިންގ ޕާޓްނަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފައިވަނީ ބުރުޒު ކޭޓަރިންގއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި މި ގުޅުން މިއަހަރުވެސް ދެމެހެއްޓިގެން ދިޔުމަކީ، ކޮންފަރެންސް ކާމިޔާބުކަމާއެކު އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށްޓަކައި ޒަކާތު ހައުސް އާއި ބުރުޒު ކޭޓަރިންގއާ ދެމެދު އޮތް ބަދަހި އެއްބާރުލުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި އިންޒެކް ކޮންފަރެންސަށް ބުރުޒު ކޭޓަރިންގެ ފަރާތުން ދެމުންގެންދާ މެދުކެނޑުމެއްނެތް އެއްބާރުލުމާއި އަހައްމިއްޔަތުކަމަށްޓަކައި އެ ކުންފުންޏަށް ޒަކާތު ހައުސްގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 28 ވާ ބުދަ ދުވަހުއެވެ. ހެނދުނު 8:30 އިން ހަވީރު 7:00 އަށް މި ކޮންފަރެންސް ކުރިއަށްދާނީ މާލޭގެ އިސްލާމީ މަރުކަޒުގައެވެ.

މި ކޮންފަރެންސަކީ ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ އިތުރުން ކަމާގުޅުންހުރި އެކި ފަރާތްތައް އެއްތަނަކަށް އެއްވެ، ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450