ޚަބަރު
ގްރީންހައުސްގައި ކިއުކަމްބާއާއި މެލަން ހައްދަން ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފި
މި ޕްރޮގްރާމުގެ ތެރެއިން.. ފޮޓޯ: ވުޒާރާ
ގްރީން ހައުސްގައި ކިއުކަންބާއާއި މެލަން ހެއްދުމާއި ގުޅޭ ފަންނީ ތަމްރީނު ޕްރޮގްރާމެއް ހދ.ހަނިމާދޫގައި ހުންނަ އެމްއޭޕީގެ ގްރީންހައުސްގައި ފަށާފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.
ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 7 ރަށަކުން ޖުމްލަ 22 ފަރާތަކުން ބައިވެރިވެފައިވެއެވެ.
އެވުޒާރާ އިން ވިދާޅުވީ، މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ ގްރީންހައުސް ދަނޑުވެރިކަން ކުރުމަށް ބައިވެރިންގެ ފަންނީ ޤާބިލުކަމާއި އަމަލީ ހުނަރުތައް އިތުރުކުރުން ކަމަށެވެ. މީގެއިތުރުން ޒަމާނީ ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއަރުވައި، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މި ޕްރޮގްރާމުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
The technical training program on greenhouse cultivation of cucumber and melon has commenced at MAP’s Demo Greenhouse in H.Dh. Hanimadhoo, with 22 participants representing seven islands. The program aims to strengthen participants’ technical knowledge and practical skills in greenhouse farming, promoting modern agricultural practices and supporting the development of sustainable local food production in the Maldives.
— Min of Fisheries, Agriculture and Ocean Resources (@MFAORmv) October 22, 2026
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ދަނޑުވެރިކަމުގެ ސިނާއަތް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިފަދަ އަމަލީ ތަމްރީނުތަކަކީ ދަނޑުވެރިންނަށް ވަރަށް މުހިންމު ފުރުސަތެކެވެ. މި ތަމްރީނުގެ ސަބަބުން ދަނޑުވެރިންނަށް ގްރީންހައުސްތަކުގައި ގިނަ އަދަދަކަށް ކިއުކަންބާއާއި މެލަން ފަދަ ބާވަތްތައް ހައްދަން ދަސްވެގެންދާނެއެވެ.