ދުނިޔެ

ހަނގުރާމަ ހުއްޓާލުމަށް ޤަޠަރުން އީރާނަށް އައު ހުށަހެޅުމެއް ހުށަހަޅައިފި

ހަނގުރާމަ ހުއްޓާލުމަށް ޤަޠަރުން އީރާނަށް އައު ހުށަހެޅުމެއް ހުށަހަޅައިފި

ޤަޠަރާއި އިރާންގެ ބައެއް އިސްވެރިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޮކްޓޯބަރު 2026، 06:35

28 އޮކްޓޯބަރު 2026، 06:35

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަޠަރުން އައު އެއްބަސްވުމެއްގެ ޑްރާފްޓް އީރާނަށް ހުށަހަޅައިފި ކަމަށް މަޝްވަރާތަކުގެ މަޢުލޫމާތު އެނގޭ އޮފިޝަލަކު ބުނެފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ހުށަހެޅި މި ހުށަހެޅުމަށް މި ހަފުތާ ނިމުމުގެ ކުރިން އީރާނުން ޖަވާބެއް ދޭނެ ކަމަށް ބެލެވެއެވެ.

އީރާނުން މިހާރު ދިރާސާކުރަމުންދާ މި އައު ޑްރާފްޓުގައި ވަނީ، ތެހެރާނާއި ވޮޝިންގޓަންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 7 ދުވަހުގެ މުއްދަތެއް ކަނޑައަޅައި، ދެފަރާތުން އިތުބާރު ޤާއިމުކުރުމަށް ކޮންމެ ދުވަހަކު އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައެވެ. މަޢުލޫމާތު ދިން އޮފިޝަލް ބުނި ގޮތުގައި، މި މުއްދަތު އަންނަ ހަފުތާގެ ކުރީކޮޅު ފެށިދާނެ ކަމަށާއި، މި އެއްބަސްވުމުގެ ގެރެންޓީ ދޭ ބައެއްގެ ގޮތުގައި އެކި ޤައުމުތަކުން ބައިވެރިވާނެއެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން ފެށި މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދަނީ ޤަޠަރާއި ޕާކިސްތާނުންނެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކަނޑުދަތުރުފަތުރަށާއި ތެލުގެ ސަޕްލައިއަށް ބޮޑެތި ހުރަސްތަކެއް އެޅި، މުޅި މެދުއިރުމައްޗަށް މި ހަމަނުޖެހުން ވަނީ ފެތުރިފައެވެ.

އާދީއްތަ ދުވަހު ތެހެރާނުގައި ބޭއްވި ބައްދަލުވުމުގެ ކުރިން، ޢާންމު އިންތިޚާބެއްގައި ވާދަކުރައްވަމުން ގެންދަވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ހަފުތާގައި އީރާނަށް ދޭ ޙަމަލާތައް އަލުން ފަށައިފާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް މަޝްވަރާތަކާ ގުޅޭ އޮފިޝަލް ހާމަކުރިއެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަނެއްކާވެސް އީރާނަށް ޙަމަލާދޭނެ ކަމުގެ އިންޒާރު މިދިޔަ ހުކުރު ދުވަހު ތަކުރާރުކުރައްވާފައެވެ. އެމެރިކާއާއި އިސްރާއީލުން ޙަމަލާތައް އަލުން ފަށައިފިނަމަ، ގަލްފުގެ ކަނޑުއަޑީގެ ކޭބަލްތަކަށް ޙަމަލާދިނުމުގެ ތަފްޞީލީ ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށް އީރާނުގެ ސަލާމަތީ އޮފިޝަލުން ރޮއިޓާސްއަށް ވަނީ މަޢުލޫމާތު ދީފައެވެ.

މީގެ ކުރިން ކުރެވުނު މަސައްކަތްތަކުން ޖޫން މަހު ވަގުތީ ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވާލެވުނު ނަމަވެސް، އެ އެއްބަސްވުން ވަނީ ވަރަށް އަވަހަށް ރޫޅިގެން ގޮސްފައެވެ. މީގެ އިތުރުން ފަހަކަށް އައިސް، ދުނިޔޭގައި އެންމެ ގިނައިން ސާފުނުކުރާ ތެޔޮ ބޭރުކުރާ ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ދެމުންދާ ޙަމަލާތައް ވެސް ވަނީ އިތުރުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450