Ads by Farudhun

ޚަބަރު

ބައިނަލްއަޤްވާމީ ނައިޓްރޯޖަން ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

ބައިނަލްއަޤްވާމީ ނައިޓްރޯޖަން ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

ބައިނަލްއަޤްވާމީ ނައިޓްރޯޖަން ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވުން. ފޮޓޯ: މޫސުމާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 ނޮވެމްބަރު 2026، 09:40

12 ނޮވެމްބަރު 2026، 09:40

10 ވަނަ ބައިނަލްއަޤްވާމީ ނައިޓްރޯޖަން ކޮންފަރެންސް (އިންޓަނޭޝަނަލް ނައިޓްރޯޖަން ކޮންފަރެންސް 2026) ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ  މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު އަދި ސީނިއަރ އެއަރ ކޮލިޓީ މެނޭޖްމަންޓް އޮފިސަރ ފާޠިމަތު އިމްތިނާން ޢާމިރެވެ.

މި ކޮންފަރެންސްގެ ތެރެއިން ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) އިން އިންތިޒާމުކޮށްގެން ބޭއްވި މަތީ ފަންތީގެ "ސައިންސް-ޕޮލިސީ ޑައިލޮގް" ގެ ޕެނަލިސްޓެއްގެ ގޮތުގައި ޑރ. މުޢާވިޔަތު މުޙައްމަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. 

މި ޕެނަލް މަޝްވަރާގައި، ނައިޓްރޯޖަން މެނޭޖްކުރުމާ ގުޅޭގޮތުން ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ސިޔާސަތުތައް އެކަށައެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.



ތިމާވެށީގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށާއި، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް ކޮންޓްރޯލްކޮށް ވައިގެ ސާފުމިންވަރު ރަނގަޅު ކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަންނަނީ އިސްދައުރެއް އަދާކުރަމުންނެވެ.

މިފަދަ މުހިންމު ބައްދަލުވުންތަކުގައި ރާއްޖެއިން ބައިވެރިވުމަކީ ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމާއި ތަޖުރިބާ ހޯދުމަށާއި، ރާއްޖޭގެ ތިމާވެށީގެ ސިޔާސަތުތައް ހަރުދަނާކުރުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450