Ads by Exprox

ޚަބަރު

ފިޒިއޮތެރަޕީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިޒިއޯ ސޮލޫޝަންސް އިން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ފިޒިއޮތެރަޕީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިޒިއޯ ސޮލޫޝަންސް އިން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ފިޒިއޮތެރަޕީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގެ ތެރެއިން

farudhun logo

ފަރުދުން

08 ސެޕްޓެމްބަރު 2024، 04:53

08 ސެޕްޓެމްބަރު 2024، 04:53

ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިޒިއޯ ސޮލޫޝަންސް އިން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު އަރޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރީހެބް ކޯނަރ އަކާއި ޓޭޕް ކުރާނެގޮތް ކިޔައިދިނުމާއި ފިޒިއޮތެރަޕީއާއި ގުޅުންހުރި މަޢުލޫމާތު ދިނުމަށް ޚާއްޞަ ސްޓޯލްތަކެއް ވަނީ ތައްޔާރު ކުރެވިފައެވެ. އަދި މީގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ގޭމް ސްޓޯލަކާއި، ލޭގެ ޕްރެޝަރ ޗެކްކުރުމާއި ބީއެމްއައި އެސެސްމެންޓްގެ ޚިދުމަތް ވަނީ ހިލޭ ފޯރުކޮށްދީފައެވެ.

ފިޒިއޮތެރަޕީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިޒިއޯ ސޮލޫޝަންސް އިން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ފިޒިއޯ ސޮލޫޝަންސް އިން ކުރިއަށް ގެންދިއަ އިވެންޓްގައި ކުޑަކުދިންތަކެއް ބައިވެރިވަނީ

ފިޒިއޯ ސޮލޫޝަންސްއަކީ ފެންވަރު ރަނގަޅު ފިޒިއޮތެރަޕީއަށް ޚާއްޞަ ކުރެވިފައިވާ ސެންޓަރެކެވެ. 2022 ވަނަ އަހަރު ހުޅުވިފައިވާ މި ސެންޓަރުން ފިޒިއޮތެރަޕީގެ ތަފާތު އެތައް ޚިދުމަތެއް ފޯރުކޮށްދެމުން ދެއެވެ. އެގޮތުން ރާއްޖޭގައި މަދުތަނަކުން ނޫނީ ނުލިބޭ ފަރުވާއެއް ކަމުގައިވާ ޝޮކްވޭވްތެރަޕީ މި ސެންޓަރުން ދެއެވެ. އަދި މީގެ އިތުރުން މަސުލް ސްކްރެޕިންގ، ޕެރަފިން ވެކްސް ތެރަޕީ، މެނުއަލް ތެރެޕީ އަދި ސްޓްރޯކް ޕޭޝަންޓުންނަށް ޚާއްޞަކޮށް ތައްޔާކުރެވިފައިވާ އެކްސަސައިޒް ތެރެޕީތައްވެސް ހިމެނެއެވެ.

ފިޒިއޮތެރަޕީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިޒިއޯ ސޮލޫޝަންސް އިން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ފިޒިއޯ ސޮލޫޝަންސް

ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެންބަރު މަހުގެ 08 ވަނަ ދުވަހެވެ. މިދުވަސް ފާހަގަ ކުރަމުންދަނީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާ ކުރުމުގައި ފިޒިއޮތެރަޕީގެ ދައުރާ މެދު ޢާންމުން ހޭލުންތެރިކުރުވުމުގެ ބޭނުމުގައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco