ޚަބަރު
ބަރަހަނާ މަންޒަރު ވިއްކައިގެން އާމްދަނީ ހޯދާ ތިން މީހަކު ހައްޔަރުކޮށްފި
ބަރަހަނާ މަންޒަރު ވިއްކައިގެން އާމްދަނީ ހޯދާ ތިންމީހުން
ފަރުދުން
09 ސެޕްޓެމްބަރު 2024، 12:55
09 ސެޕްޓެމްބަރު 2024، 12:55
ޓެލެގްރާމްގައި ބަރަހަނާ މަންޒަރުތައް ވިއްކައިގެން އާމްދަނީ ހޯދާ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައިި، ޓެލެގްރާމުގައި ގިނަ ޢަދަދެއްގެ ޗެނަލް ހަދައިގެން ރާއްޖެއާއި ރާއްޖެއިން ބޭރު މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް، ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ ބަޔަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވާ ކަމަށެވެ. މި ޗެނަލްތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ ހިމެނޭހެން ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ ޕޯސްޓުކޮށްފައިވާކަން ފާހަގަކުރެވިފައިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަންވެސް ފުލުހުން ފާހަގަ ކޮށްފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ޒުބައިރު އަލީ، 45، އދ. މަހިބަދޫ، ބަހާރުގެ، ނާސިފް އަލީ، 46، މާލެ، ދަފްތަރު ނަންބަރު ރސ14751 އަދި އިސްމާއީލް ރަބީހް، 29، ކ. ކާށިދޫ، ސިލިންކޯ އެވެ.
ފުލުހުން ވިދާޅުވީ މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 3468 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާކަމަށާއި، މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާ ނަހަމަގޮތުގައި ހޯދާފައިވާކަމަށެވެ.