Ads by Exprox

ޚަބަރު

މާލޭގެ ގެސްޓް ހައުސްއެއްގައި ޒަޚަމްވެފައި އޮތް މީހާއަށް އައިސީޔޫގައި ފަރުވާ ދެނީ

މާލޭގެ ގެސްޓް ހައުސްއެއްގައި ޒަޚަމްވެފައި އޮތް މީހާއަށް އައިސީޔޫގައި ފަރުވާ ދެނީ

ދިވެހި ފުލުހެއް- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

farudhun logo

ފަރުދުން

09 ސެޕްޓެމްބަރު 2024، 12:57

09 ސެޕްޓެމްބަރު 2024، 12:57

ޒަޚަމްތަކަކާއެކު މާލޭގެ ގެސްޓްހައުސްއެއްގައި އޮތް މީހަކު ފެނިފައިވާކަމަށާއި މިހާރު އެމީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މާފަންނު ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި އުޅޭ މި މީހާގެ ޚަބަރެއް ނުވާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއަދު ފުލުހުން އެތަނަށް ގޮސް ބަލާފައިވާކަމަށެވެ. މިއީ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ. 

އެމީހާއަށް ލިބިފައިވާ ގެއްލުމުގެ މަޢުލޫމާތު ހާމަ ކޮށްފައި ނުވި ނަމަވެސް، ހާދިސާ ހިނގި ތަނުގައި ފުލުހުންގެ ތަހުގީގު ޓީމު މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco