Ads by Exprox

ޚަބަރު

ބީއެމްއެލްގެ ސީއީއޯ އިސްތިއުފާދެއްވައިފި

ބީއެމްއެލްގެ ސީއީއޯ އިސްތިއުފާދެއްވައިފި

އިސްތިއުފާ ދެއްވި ބީއެމްއެލްގެ ސީއީއޯ- ފޮޓޯ: ބީއެމްއެލް

farudhun logo

ފަރުދުން

09 ސެޕްޓެމްބަރު 2024، 03:04

09 ސެޕްޓެމްބަރު 2024، 03:04

ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކާރލް ސްޓުމްކަ އިސްތިއުފާދެއްވައިފިއެވެ.

 ބީއެމްއެލްއިން ނެރުނު ބަޔާނުގައި ވަނީ ކާރލް ސްޓުމްކަ އެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ ކަމަށެވެ. ނަމަވެސް މި މަހު 21 ގައި ބާއްވާ ބޭންކުގެ ޚާއްޞަ އާންމު ޖަލްސާ އާއި ހަމައަށް މަޤާމުގައި އޭނާ  ހުންނަވާނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.  ބީއެމްއެލްގެ ސީއީއޯގެ މަގާމާ ކާލް ސްޓުމްކަ ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު ގައެވެ.

ބީއެމްއެލްއިން ބުނީ، އާ ސީއީއޯއެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުގައި، އެ ބޭންކުގެ ސީއީއޯގެ މަޤާމުގައި ހުންނަވާނީ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ކަމަށެވެ. އަދި އާ ސީއީއޯއެއް އައްޔަނުކުރުމުގެ މަސައްކަތް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކާރލް ސްޓުމްކަ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރުން ދީފައިވާ މަޝްވަރާ އާ ދެކޮޅަށް އެ ބޭންކުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު އެއްކޮށް އުވައިލައި، އިދިކޮޅު ފަރާތްތަކުން ބީއެމްއެލްއާ ގުޅިގެން މާލީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ބުނެ ފުލުހުން މައްސަލައެއް ތަހުގީގުކުރަން ފަށާފައި ވަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco