ޚަބަރު
ޕީއެސްއެމްގެ ޗެއަރމަންގެ މަޤާމަށް އާމިނަތު ނަމްޒާ އަދި އެމްޑީގެ މަޤާމަށް އިބްރާހީމް ނަސްރީނު ޢައްޔަނުކުރައްވައިފި
ނަމްޒާ އާއި ނަސްރީން ފޮޓޯ: ދަ އެޑިޓާރ
ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހިމް ނަސްރީން އަދި ޗެއަރމަނަކަށް އާމިނަތު ނަމްޒާ އައްޔަނުކުރައްވައިފިއެވެ.
ޕީއެސްއެމްގެ ކުރީގެ މެނެޖިން ޑިރެކްޓަރުގެ މާޤަމުގައި ހުންނެވި މުޙައްމަދު ސަޢީދު މި މަހުގެ 17ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި އިބްރާިމް ނަސްރީން ވަނީ މި މަޤާމަށް އައްޔަންކުރައްވާފައެވެ. އިބްރާހިމް ނަސްރީނަކީ، ބިޒްނަސް މެނޭޖްމެންޓާއި އިނޮވޭޝަން އަދި މާކެޓިންގ ދާއިރާއިން ތަޖުރިބާ ހާސިލުކުރައްވާފައިވާ ފަރާތެކެވެ.
9 އަހަރައްވުރެ ދިގުމުއްދަތަކަށް ޕީއެސްއެމްގައި އިބްރާހިމް ނަސްރީން މަސައްކަތްކުރައްވާފައި ވާއިރު، އެ މުއްދަތުގެތެރޭގައި އޭނާ ވަނީ ޕީއެސްއެމްގެ ގިނަ މަޤާމުތަކެއް ފުރުއްވާ ގިނަ ޚިދުމަތްތަކެއް މި ކުންފުންޏަށް ކޮއްދެއްވާފައެވެ. ހަމައެހެންމެ، ދިވެހިރާއްޖެގެ ޤައުމީ ޔުނިވަރސިޓީއާއި، މެޕްސް ކޮލެޖާއި، ސައިރިކްސް ކޮލެޖުގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް އިބްރާހިމް ނަސްރީން މަސައްކަތް ކުރައްވާފައިވެއެވެ.
މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީން ބެޗްލާސް ޑިގްރީ އިން ޕްރޮފެޝަނަލް ޑިޒައިން ފަސްޓް ކްލާސް ހޮނަރސް ހާސިލުކުރައްވާފައިވާ އިބްރާހިމް ނަސްރީން ވަނީ، ތައިލެންޑުގެ ކޮލެޖް އޮފް އިނޮވޭޝަން އެޓް ތަމަސަޓް ޔުނިވާސިޓީން ސާވިސް އިނޮވޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީވެސް ވަނީ ހާސިލުކުރައްވާފައެވެ.
ނަސްރީން މިހާރު ގެންދަވަނީ މެލޭޝިއާގެ ޓެއިލަރސް ޔުނިވަރސިޓީގެ ސްކޫލް އޮފް ބިޒްނަސްއިން ވިޔަފާރީގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީއަށް ކިޔަވާ ވިދާޅުވަމުންނެވެ.
PSM has appointed Mr. Ibrahim Nasreen as Member of the Board of Directors and Managing Director.@psmnewsmv @pcb_gov pic.twitter.com/K3v00IawzW
— Dhuveli Online (@Dhuveli_Mv) December 23, 2024
Ms. Aminath Namza, M. Honeycomb, has been appointed as a member and Chairperson of the Board of Directors of PSM.@psmnewsmv @pcb_gov pic.twitter.com/hDuZCpMycD
— Dhuveli Online (@Dhuveli_Mv) December 23, 2024
ޕީއެސްއެމްގެ ޗެއަރމަނަކަށް އައްޔަންކުރެއްވި އާމިނަތު ނަމްޒާއަކީވެސް މީޑިއާގެ ދާއިރާގައި މަސައްކަތައްކުރައްވާ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ނަމްޒާ މިހާރު ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރުގެ ނައިބުގެ މަޤާމުގައެވެ.
އާމިނަތު ނަމްޒާއަކީވެސް މީޑިއާގެ ދާއިރާގައި މަސައްކަތައްކުރައްވާ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޓީވީ ޕްރޮގްރާމްތައް ހުށައެޅުމުގެ ސަބަބުން ބެލުންތެރިންގެ ލޯތަކަށް ފަރިތަ އާމިނަތު ނަމްޒާ ވަނީ، ޕީއެސްއެމްގެ ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރުގެ ނައިބުގެ މަޤާމަށް އައްޔަންކުރެވިފައެވެ.