Ads by Exprox

ޚަބަރު

ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ. ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު- ފޮޓޯ: ތިލަދުން

farudhun logo

ފަރުދުން

11 ސެޕްޓެމްބަރު 2024، 12:47

11 ސެޕްޓެމްބަރު 2024، 12:47

ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ. 

ފުލުހުން ވިދާޅުވީ، ކުޅުދުއްފުށީ އުތުރު ބަނދަރު ފަޅުތެރޭގައި މީހަކު މަރުވެފައިއޮތްކަމަށް މިއަދު ހެނދުނު 8:17 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތުދީފައިވާކަމަށެވެ. މި ޙާސިދާގައި މަރުވެފައިވަނީ އެރަށު ޑެއިޒީފެހި، އުމުރުން 36 އަހަރުގެ ޙަސަން މުޙައްމަދެެވެ. އޭނާ މޫދުން ނެގި އިރު ހަށިގަނޑު ފުދޭ ވަރަކަށް ހަރުވެފައިވާކަަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ. 

ފުލުހުން ވިދާޅުވީ ކުޅުދުއްފުށި ފަޅުތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ސީން ގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާކަމަށާއި މި މައްސަލަ މިހާރު ތަޙުޤީގު ކުރަމުންދާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco