Ads by Exprox

ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް މާލޭގައި ދިރުއުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުން- ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

farudhun logo

ފަރުދުން

11 ސެޕްޓެމްބަރު 2024، 12:49

11 ސެޕްޓެމްބަރު 2024، 12:49

މާލޭގެ 3 ތަނެއް ބަލައި، ގަވާއިދާ ޚިލާފަށް އުޅޭ 13 ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ މި އޮޕަރޭޝަންގައި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ޚިލާފަށް މާލެ ސަރަޙައްދުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަންއިން ބުނެއެވެ. 

ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ވަނީ ޚާއްޞަ އޮޕަރޭޝަން ތަކެއް މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ގިނަ ޢަދަދެއްގެ ނުގަވާއިދުން އުޅޭ ބިދޭސީން ޑީޕޯޓުކޮށް، ސާފުތާހިރުކަން ކުޑަ ތަންތަނަށް ނޯޓިސް ދިނުން ފަދަ ފިޔަވަޅުތައްވެސް ވަނީ އަޅާފައެވެ. 

ގަވާއިދާ ޚިލާފަށް އުޅޭ އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި، ބިދޭސީން ހުރުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco