Ads by Exprox

ޚަބަރު

ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނުމީހާގެ ހަށިގަނޑު މާލެ ގެނެސްފި

ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނުމީހާގެ ހަށިގަނޑު މާލެ ގެނެސްފި

މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު ރޭ މާލެ ގެނައުން- ފޮޓޯ މިހާރު

farudhun logo

ފަރުދުން

11 ސެޕްޓެމްބަރު 2024، 12:56

11 ސެޕްޓެމްބަރު 2024، 12:56

ނ. ހޮޅުދޫގައި އިއްޔެ ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު ރޭ މާލެ ގެނެސްފިއެވެ.

މިއަދު މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ވަނީ،  އޭނާގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށް ރޭ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ. މި މައްސަލައިގެ ތަފްސީލެއް ފުލުހުން މިހާތަނަށް ހިއްސާކޮށްފައި ނުވި ނަމަވެސް، ތަހުގީގަށް ފުލުހުންގެ ޚާއްޞަ ޓީމެއް އިއްޔެ ވަނީ ހޮޅުދޫއަށް ގޮސްފައެވެ.

 ޒަކިއްޔާގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ ހެނދުނު އެ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީން ތަކަކަށް ކަަމަށް މަޢުލޫމާތު ލިބެއެވެ. މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އެގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިއަށް އޭނާ ވެއްޓިފައި އޮތް އިރު ކަރުގައި ޒަޚަމްތަކެއް ހުރި ކަމަށް ވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco