Ads by Exprox

ޚަބަރު

6 އަތޮޅަކުން 272 އިމާމުންނާއިއެކު، އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމް ފަށައިފި

6 އަތޮޅަކުން 272 އިމާމުންނާއިއެކު، އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމް ފަށައިފި

އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމް ފަށުމުގެ ރަސްމިއްޔާތު- ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

farudhun logo

ފަރުދުން

11 ސެޕްޓެމްބަރު 2024، 01:30

11 ސެޕްޓެމްބަރު 2024، 01:30

އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 6 އަތޮޅެއްގެ އިމާމުންނަށް ކުރިއަށް ގެންދާ ތާޒާކުރުމުގެ ޕްރޮގުރާމް މިއަދު ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގުރާމުގައި ބައިވެރިވަނީ ނ، ރ، ފ، ދ، ތ، ލ އަތޮޅުގެ އިމާމުންކަމަށެވެ. މި 6 އަތޮޅު ޖުމްލަ 272 އިމާމުން މި ޕްރޮގުރާމުގައި ބައިވެރިވެފައިވާކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. އެ ވުޒާރާއިން ވިދާޅުވީ މި ޕްރޮގުރާމުގެ ސެޝަންތައް ކުރިއަށް ގެންދަނީ އޮންލައިންކޮށް ކަމަށެވެ. 

މި ޕްރޮގުރާމު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީީދު ވިދާޅުވީ، މި ޕްރޮގުރާމުގެ ތެރެއިން ތަފާތު އެކި މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށާއި، މި ސެޝަންތަކުން އިމާމުންނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެކަަމަށެވެ. މީގެ އިތުރުން، ހުރިހާ އިމާމުންވެސް ސެޝަންތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިހާތަނަށް ގއ، ގދ އަދި ފުވައްމުލަކު ސިޓީގައިވަނީ ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިމާމުން ތާޒާކޮށް ނިންމުން ކަމަށެވެ.




މި ލިޔުން ކިޔާލުމުން

Ads by Stelco