ވިޔަފާރި /

ޚަބަރު

ޕީއެސް 5 ޕްރޯ ރަސްމީކޮށް ދައްކައިލައިފި

ޕީއެސް 5 ޕްރޯ ރަސްމީކޮށް ދައްކައިލައިފި

ޕީއެސް 5 ޕްރޯ

މަރިޔަމް ޔަޢުފާ

މަރިޔަމް ޔަޢުފާ

11 ސެޕްޓެމްބަރު 2024، 05:47

11 ސެޕްޓެމްބަރު 2024، 05:47

ހުލާސާ


ސޮނީން ރަސްމީކޮށް އިއުލާންކޮށްފައިވާ ގޮތުގައި ނޮވެންބަރު 7، 2024 ގައި ނެރޭ ޕްލޭސްޓޭޝަން 5 ޕްރޯގެ އަގަކީ 699.99 ޑޮލަރެވެ. މީގައި ފާހަގަކޮށްލެވޭ އަޕްގްރޭޑްތަކެއް ހިމެނޭއިރު، %67 އިތުރު ކޮމްޕިއުޓް ޔުނިޓްތަކާއި %28 އަވަސް މެމޮރީއާއެކު ބޮޑު ޖީޕީޔޫއެއްގެ އިތުރުން، %45 އާ ހަމައަށް އަވަސް ރެންޑަރިންގ އާއި ރޭ ޓްރޭސިންގ ކޭޕަބިލިޓީޒް އިތުރުކުރެވޭނެއެވެ. އަދި މީގައި ހިމެނޭ ޕްލޭސްޓޭޝަން ސްޕެކްޓްރަލް ސުޕަ ރިޒޮލިއުޝަން (ޕީއެސްއެސްއާރު) އަކީ އޭއައިގެ ޓެކްނޮލޮޖީ ހިމެނޭ، އިމޭޖް ކޮލިޓީ ސާފު މޮޑެލެކެވެ.

ޕީއެސް 5 ޕްރޯ އަކީ ޑިސްކް ނެތް ނަމަވެސް އެކްސްޓަރނަލް ޑިސްކް ޑްރައިވަރ އަކާއިއެކު ބޭނުން ކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ މޮޑެލް އެކެވެ. އެއީ 2 ޓީބީގެ އެސްއެސްޑީއަކާއި ޑުއަލް ސެންސް ވައިލެސް ކޮންޓްރޯލާއަކާއި އެސްޓްރޯގެ ޕްލޭރޫމްގެ ކޮޕީއެކެވެ. ވައިފައި 7 އަށް ސަޕޯޓް ކުރާ މި މޮޑެލްގައި ޕީއެސް5 ގެ އެކްސެސަރީސް އާއި ގޭމްތައް ބޭނުންކުރެވޭނެއެވެ.

ޕީއެސް5 ޕްރޯއަށް ޙާއްޞަ ކޮށްފައިވާ ގޭމްތައް ފާހަގަވާނެހެން 'ޕީއެސް 5 ޕްރޯ އެންހޭންސްޑް' ލޭބަލް އެއް ޖަހާނެއެވެ. ފާހަގަކޮށްލެވޭ ގޭމްތަކުގެ ތެރޭގައި އެލަން ވޭކް 2، އެސެސިންސް ކްރީޑް: ޝެޑޯސް، އަދި ފައިނަލް ފެންޓަސީ 7 ރީބަރތް ހިމެނެއެވެ. އަދި ޕީއެސް 5  ޕްރޯ އިން ޕްލޭސްޓޭޝަން 4 ގެ 8500 އަށް ވުރެ ގިނަ ގޭމްސް ސަޕޯޓް ކުރާއިރު، ޕާފޯމަންސް ރަނގަޅުކޮށް އިމޭޖް ކޮލިޓީ ރަނގަޅު ކުރެވޭނެއެވެ.

ޕީއެސް 5 ޕްރޯގެ ޕްރީ އޯޑަރުތައް ސެޕްޓެންބަރު 26، 2024 ގައި ފަށާނެއެވެ.

މި ލިޔުން ކިޔާލުމުން