Ads by Exprox

ޚަބަރު

މުދަލު ޒަކާތުގު ގޮތުގައި 12 މިލިއަން ރުފިޔާ ބަހައިފި

މުދަލު ޒަކާތުގު ގޮތުގައި 12 މިލިއަން ރުފިޔާ ބަހައިފި

ޒަކާތު ހައުސްގެ މުވައްޒަފެއް- ފޮޓޯ: ދިވެހި ރާއްޖޭގެ ޒކާތު ހައުސް

farudhun logo

ފަރުދުން

12 ސެޕްޓެމްބަރު 2024، 12:59

12 ސެޕްޓެމްބަރު 2024، 12:59

މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ބަހައިފިއެވެ. 

ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވީ 2021 ވަނަ އަހަރުންފެށިގެން މިއަދާއި ހަމައަށްއޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކޮށްފައިވަނީ އެފަރާތްތަކުގެ އެކައުންޓުތަކަށް ކަމަށެވެ. 

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ބަހާފައިވަނީ މާލެ އާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް ބޮލަކަށް 4000 ރުފިޔާއެވެ. އެއީ ޖުމުލަ 12،732،000 ރުފިޔާއެވެ. 2024 ވަނަ އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެގިނައިން ބޮލަކަށް ބަހާފައިވާ އަހަރެވެ. 2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާ ކަމަށްވެސް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ. 

ޒަކާތު ހައުސްއިން ވިދާޅުވީ ފަޤީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން ސީދާ ގޮތުންނާއި ނުސީދާގޮތުން  ހޭދަތަށް ކުރެވިގެންދާ ކަމަށެވެ. އެގޮތުން ޟަރޫރީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ބޭސްފަރުވާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ޚާއްސަ ޙާލަތާއި ކުއްލި ޙާލަތު މެދުވެރިވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށްވެސް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ  9353.40 ރުފިޔާ އެވެ. މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.


މި ލިޔުން ކިޔާލުމުން

Ads by Stelco