Ads by Exprox

ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަނީ

ހުޅުމާލެ ފޭސް 2- ފޮޓޯ: އެޗް.ޑީ.ސީ

farudhun logo

ފަރުދުން

12 ސެޕްޓެމްބަރު 2024، 03:17

12 ސެޕްޓެމްބަރު 2024، 03:17

 ހުޅުމާލޭ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން އިތުރު ބިން ދޫކުރަން ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ން ނިންމައިފިއެވެ.

ބީޗް ފްރަންޓުން ވިއްކާ ބިމާއި ބީޗް ސައިޑުން ވިއްކާ މިބިންތައް ގަތުމަށް ހުޅުވާލާފައިވަނީ ދިވެހިންނަށެވެ. އެގޮތުން އުމުރުން ޢުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެރި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ %100 ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާންޖެހެއެވެ.

އެޗްޑީސީން ވިދާޅުވީ ބީޗް ފްރަންޓުން ވިއްކަނީ 1،095.98 އަކަފޫޓާއި 3،252.00 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އަދި ބީޗް ސައިޑުން ވިއްކަނީ 1،440.80 އަކަފޫޓާއި 3،380.00 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށެވެ.

ބިން ވިއްކަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ އޮންނާނީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ގަންނަން ހުށަހަޅާފައިވާ ބިމެއް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާ ނަމަ ދެން ޖެހޭނީ ބީލަން ހުށަހަޅާށެވެ. މިބުރުގައި ވިއްކުމަށް ހުޅުވާލާފައިވަނީ 16 ބިމެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco