Ads by Exprox

ޚަބަރު

ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު ތެޔޮ ރިޒާވް ޕާކިސްތާނުން ފެނިއްޖެ

ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު ތެޔޮ ރިޒާވް ޕާކިސްތާނުން ފެނިއްޖެ

ހަތަރުވަނައަށް އެންމެ ބޮޑު ތެޔޮ ރިޒާވް ޕާކިސްތާނުން ފެނުން- ފޮޓޯ: އިންޓަރނެޓް

farudhun logo

ފަރުދުން

12 ސެޕްޓެމްބަރު 2024، 03:17

12 ސެޕްޓެމްބަރު 2024، 03:17

ޕާކިސްތާނުގެ ސަރަޙައްދީ ކަނޑުތެރެއިން ތެޔޮ އަދި ޤުދުރަތީ ގޭހުގެ ޑިޕޮސިޓެއް ފެނިއްޖެއެވެ. 

 ޕާކިސްތާނުގެ ކަނޑު އަޑީގައި ތެޔޮ ނުވަތަ ގޭހުގެ ބޮޑު ރިޒާވެއް ފެނިފައިވާއިރު، ⁠މިއީ ޕާކިސްތާނުގެ ހީނަރުވެފައި އޮތް އިޤްތިޞާދަށް ލިބިގެންދާ ވަރަށްބޮޑު އުއްމީދެކެވެ. ޖިއޮގްރަފިކް ސަރވޭ މެދުވެރިކޮށް ޕާކިސްތާނަށް ވަނީ އެތަކެތި ހުރި ތަންތަން ދެނެގަނެވިފައެވެ. އަދި ކަމާބެހޭ އިދާރާތަކުން ވަނީ ޕާކިސްތާނުގެ ކަނޑުގެ ސަރަޙައްދުން ފެނިފައިވާ ވަސީލަތްތަކުގެ މަޢުލޫމާތު ސަރުކާރަށް އަންގާފައެވެ.

އެޤައުމުގެ އިސް އޮފިޝަލުން ބުނާގޮތުން ވަޅުތައް ކޮނެ ތެޔޮ ނެގުމުގެ މަސައްކަތް  ފެށުމަށް އެތައް އަހަރެއް ނަގާފާނެއެވެ. 
އެހެންނަމަވެސް އަވަސް މުސްތަޤުބަލެއްގައި މިކަން ކުރުމަށް އިސްނަގައިގެން ޢަމަލީ ސިފަ ޖެއްސިއްޖެ ނަމަ ޤައުމުގެ އިޤްތިޞާދީ ޙާލަތު ބަދަލުކުރުމަށް ވަރަށްބޮޑު އެހީއެއް ވެގެން ދާނެއެވެ. ބައެއް އަންދާޒާތަކުން ދައްކާ ގޮތުގައި މި ފެނުނު ތެލާއި ގޭހުގެ މިންވަރަކީ ދުނިޔޭގައި އެންމެ ގިނައިން ތެލާއި ގޭސް ހުރި ހަތަރުވަނަ ޤައުމެވެ.

 

މި ލިޔުން ކިޔާލުމުން

Ads by Stelco