Ads by Exprox

ޚަބަރު

40 ރޭ ފަތިސް ނަމާދުގެ ޖަމާޢަތަށް ދިޔަ ދަރިވަރުންނަށް ބައިސްކަލް

40 ރޭ ފަތިސް ނަމާދުގެ ޖަމާޢަތަށް ދިޔަ ދަރިވަރުންނަށް ބައިސްކަލް

ފަތިސް ނަމާދުގެ ޖަމާޢަތަށް ދިޔަ ދަރިވަރުންނަށް ބައިސްކަލް ހަވާލުކުރުން- ފޮޓޯ: އިހަވަންދޫ ޑޮޓް ކޮމް

farudhun logo

ފަރުދުން

12 ސެޕްޓެމްބަރު 2024، 03:19

12 ސެޕްޓެމްބަރު 2024، 03:19

މެދުކެނޑުމެއް ނެތި 40 ރޭ ފަތިސް ނަމާދުގެ ޖަމާޢަތަށް ދިޔަ 38 ދަރިވަރުންނަށް ބައިސްކަލް ހަދިޔާކޮށްފިއެވެ.

މި ޕްރޮގްރާމަކީ އިހަވަންދޫ މަސްޖިދުއް ތަޢާވުނު އިމާމު ހުސައިން ރަޝީދު، ފަތިސް ނަމާދަށް ދަރިވަރުން ދިއުމަށް ބާރު އެޅުމުގެ ގޮތުން ފެށި ޚާއްޞަ ޕްރޮގްރާމެކެވެ. ދަރިވަރު ނޫހަށް ދިން އިންޓަރވިއު އެއްގައި ތަޢާވުނު މިސްކިތުގެ އިމާމު ހުސައިން ރަޝީދު ވިދާޅުވީ، އެ ޕްރޮގްރާމުގައި 64 ދަރިވަރުން ބައިވެރިވި ކަމަށާއި ޖެހިޖެހިގެން 40 ރޭ ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމުގެ ގޮތުގައި ބައިސްކަލް ލިބުނީ 38 ދަރިވަރުންނަށް ކަމަށެވެ.

އެރަށުން ރިޕޯޓް ކޮށްފައިވާ ގޮތުން މިހަރަކާތް ފުރިހަމަކުރި ކުދިންނަށް ބައިސްކަލް ހަވާލުކޮށްފައިވަނީ ރޭ އިޝާ ނަމާދަށްފަހު މަސްޖިދުއް ތަޢާވުންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމާމު ހުސައިން ރަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ދީނީ ކަންތައްތަކަށް ދަރިވަރުން ލޯބި ޖެއްސުމަށް މިފަދަ ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

މިރަސްމިއްޔާތުގައި އެރަށު ކައުންސިލުން ބައިވެރިވެ، ވާހަކަ ދައްކަވަމުން ވިދާޅުވީ  މި ހަރަކާތުގައި ބައިވެރިވެ ބައިސްކަލް ހާސިލްކުރި ދަރިވަރުންނަށް ކުރިޔަށް އޮތްތަނުގައިވެސް ޖަމާއަތުގައި ނަމާދުކުރުމަށް ނަޞޭޙަތްތެރި ވެފައެވެ. އަދި މިފަދަ ހަރަކާތްތަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވެސް އެބޭފުޅުން ވަނީ ދެއްވާފައެވެ.

ޖަމާޢަތުގައި ފަތިސް ނަމާދަށް އައުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ކުދިންނަށްނަށް ނަމާދުކުރަން ދަސްކޮށްދިނުމުގެ އިތުރުން ދީނީ މަޢުލޫމާތު ދިނުންވެސް ކުރިޔަށް ގެންގޮސްފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco