Ads by Exprox

ޚަބަރު

ޒަކާތު ފަންޑުން 130 މީހަކަށް 7 ލައްކަ ރުފިޔާގެ އެހީ

ޒަކާތު ފަންޑުން 130 މީހަކަށް 7 ލައްކަ ރުފިޔާގެ އެހީ

ޒަކާތު ހައުސްގެ ތަފާސް ހިސާބު

farudhun logo

ފަރުދުން

12 ސެޕްޓެމްބަރު 2024، 03:20

12 ސެޕްޓެމްބަރު 2024، 03:20

އޯގަސްޓު މަހުގައި 130 މީހަކަށް 7 ލައްކަ ރުފިޔާއަށްވުރެން ގިނައިން ޒަކާތުފަންޑުން އެހީދީފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން ނިމުނު އޯގަސްޓު މަހުގައި 130 ފަރާތަކަށް 733436.60 ރުފިޔާ އެހީގެ ގޮތުގައި ޚަރަދު ކޮށްފައި ވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި އޯގަސްޓް މަހުގައި އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ޢަދަދަކީ 1123400.27 ދިވެހި ރުފިޔާއެވެ.

ޒަކާތު ފަންޑުން ބޭސްފަރުވާގެ ހަތަރު ކަމަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން ކެންސަރު ބައްޔާއި، ހިތުގެ އޮޕަރޭޝަން، ކިޑްނީ ބަލިތަކާއި، ސިކުނޑީގެ އޮޕަރޭޝަންގެ ހިމެނެއެވެ. މިގެ އިތުރުން އެހެނިހެން ކަންކަމަށްވެސް ޒަކާތުފަންޑުން ވަނީ އެހީދީފައެވެ.

ޒަކާތު ފަންޑުން އޯގަސްޓު މަހުގައި އެހީގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލު:

ކެންސަރަށް ފަރުވާ ކުރުން (385885.00 ރުފިޔާ)


ހިތުގެ އޮޕަރޭޝަން ކުރުމަށް (25443.00 ރުފިޔާ)


ކިޑްނީ ބަލިތަކަށް ފަރުވާ ކުރުމަށް (157205.00 ރުފިޔާ)


ސިކުނޑީގެ ބަލިތަކަށް ފަރުވާ ކުރުމަށް (157205.00 ރުފިޔާ)


ސިކުނޑީގެ އޮޕަރޭޝަން ކުރުމަށް (130886.00 ރުފިޔާ)


އެހެނިހެން (4125500.27 ރުފިޔާ)


ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން އެހެނިހެން ގޮތުގައި ބަޔާން ކޮށްފައި ވަނީ ވަޤުފު އުފެއްދުމާއި އިދާރީ މުވައްޒަފުންގެ އުޖޫރައަށެވެ. އެގޮތުން ވަޤުފް އިމާރާތް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 37،800 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ޒަކާތު މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން މުސާރަދޭ ގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރަ ދިނުމަށް ޢާމިލުންގެ ބައިން ޚަރަދު ވެފައިވަނީ 268276.72 ރުފިޔާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 18 ޑިސެމްބަރު 2023ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ޤާއިމްކޮއްފައިވާ އިދާރާއެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ އިސްލާމީ ޝަރީޢަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤާއިމްކުރެވޭ ޒަކާތާއި ޞަދަޤާތުގެ ޢަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތްނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމަޢެއް ބީނާކުރުމުގެ މަޤުސަދުގައި ޤާއިމް ކުރެވުނު އިދާރާއެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco