Ads by Exprox

ޚަބަރު

އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީންތައް ޑީޕޯޓުކުރަން ނިންމައިފި

އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީންތައް ޑީޕޯޓުކުރަން ނިންމައިފި

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު، ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

farudhun logo

ފަރުދުން

19 ޖެނުއަރީ 2025، 07:19

19 ޖެނުއަރީ 2025، 07:19

ހުލާސާ

މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ 3 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައި.

ހުކުރު ދުވަހުގެރޭ 8:30 ހާއިރު އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީންތައް ޑީޕޯޓުކުރުމަށް ނިންމާފައިވާކަމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

"އެކްސް"ގައި ކުރެއްވެވި ޕޯސްޓެއްގައި ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ، މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ 3 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. 

ކޮންޓްރޯލަރ ޖެނެރަލްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ މި ފަދަ ކަންކަމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި، އަދި މި މުޖުތަމަޢުގައި މިފަދަ ޢަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދެއްވާނެކަމަށެވެ.

އާންމު  މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭގައި ހިނގި މި ހާދިސާގެ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެރޭގެ 8:30 ހާއިރެވެ. އަދި މި ހާދިސާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިއާގެ 3 ރައްޔިތެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco