ޚަބަރު
މަކުނު ވިދުރި ފެތުރޭ ވާހަކަ އަކީ ރޯ ބުހުތާނު ދޮގު، ފިޔަވަޅު އަޅާނަން- މިނިސްޓަރ ޚަލީލް
މިނިސްޓަރ އޮފް ހެލްތު
ފަރުދުން
13 ސެޕްޓެމްބަރު 2024، 05:01
13 ސެޕްޓެމްބަރު 2024، 05:01
ރާއްޖޭން މަކުނު ވިދުރި ކޭސްއެއް ފެނިފައި ނުވާކަމަށާއި ފަތުރަމުން ދަނީ ރޯ ބުހުތާނު ދޮގު ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ދިޔަވަރު"ން ލިޔެފައިވާ ރިޕޯޓަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭގޮތަށް ޚަބަރު ފަތުރާފައިވާތީ މިމައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށައަޅުއްވާނެކަމަށެވެ.
ހުކުރު ދުވަހަކީ ހަފްތާގެ އެންމެ މާތް ދުވަސް. ހެޔޮ ކަންކަމަށް ގޮވާލާ ޢަމަލުތައް ގިނަކުރަން ނަޞޭޙަތް ލިބިގަންނަންވީ ދުވަސް. މި މާތް ދުވަހުގަވެސް މި ނޫހުން މި ފަތުރަން ދިމާކުރީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ފަތުރަން ރޯ ބުހުތާނު ދޮގު. މިމައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާނަން - ވަޒީރު ވިދާޅުވެފައި ވެއެވެ.
Hukuru dhuvahakee hafthaage emme mai dhuvas. Heyo kan kamah govaalaa amaluthah ginakuran naseyhai libigannanvee dhuvas.
— Abdulla Khaleel (@abkhaleel) September 13, 2024
Mi mai dhuvahugai ves mi noohun mi fathuran dhimaakuree rayyithunge medhugai nuthanaskan fathuran 𝐑𝐨𝐚 𝐁𝐮𝐡𝐮𝐭𝐡𝐚𝐚𝐧𝐮 𝐃𝐡𝐨𝐠𝐮.
Mi massala Maldives… pic.twitter.com/ZKEANZBxMe
އެމްޕޮކްސް ނުވަތަ މަކުނު ވިދުރިގެ ނުރައްކަލާއެކު ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ޕަބްލިކް ހެލްތު އިމަރޖެންސީ ޢިއުލާންކުރުމާއެކު ރާއްޖެއިންވެސްވަނީ ބައްޔާއި ދެކޮޅަށް ދުރާލާ ތައްޔާރުވާން ފަށާފައެވެ. އެގޮތުން ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި ޢަމަލުކުރާނެ ގޮތްތައް ވަނީ ކަނޑައަޅާފައެވެ. އަދި ބައްޔާއި ގުޅޭގޮތުން ޞިއްހީ ޚިދުމަތްތެރިންނާއި ޢާއްމުންގެ އިތުރުން ރާއްޖޭގައި ތިބި އެކި ޤައުމުތަކަށް ނިސްބަތްވާ ބިދޭސީން ހޭލުންތެރިކުރުވުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭންވަނީ ފައްޓަވާފައެވެ.