Ads by Exprox

ޚަބަރު

އަމިއްލަ ފައިސާގެ މުޢާމަލާތްތައް ދެ ގައުމުގެ ދޭތެރޭ ކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އަމިއްލަ ފައިސާގެ މުޢާމަލާތްތައް ދެ ގައުމުގެ ދޭތެރޭ ކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ޗައިނާގެ ރައީސްއާ އެކު

farudhun logo

ފަރުދުން

13 ސެޕްޓެމްބަރު 2024، 05:17

13 ސެޕްޓެމްބަރު 2024، 05:17

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ރައީސްއާ ބައްދަލުކުރައްވާ ދެ ޤައުމުގެ ދެމެދުގައި އިޤުތިޞާދު އިތުރަށް ފުޅާކުރެއްވުމަށް ކުރެއްވި މަޝްވަރާތަކާއި ގުޅިގެން  ލޯކަލް ކަރަންސީ ސެޓްލްމަންޓް (އެލްސީއެސް) އޮނިގަނޑެއް ގާއިމްކުރުމަށް ޗައިނާގެ މަރުކަޒީ ބޭންކް އާއި ދިވެހިރާއްޖޭގެ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޓްރޭޑުން ނެރެފައިވާ ބަޔާނެއްގައި ވަނީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު ފައިސާއިން މުޢާމަލާތްތައް ކުރުމަށް ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓްކުރުމަށް ފަސޭހަވެގެން ދާނެކަމަށެވެ. އެއާއެކު ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ ކަމަށްވެސް މިބަޔާނުގައި ވެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ މިއެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގުޅުން ވަރުގަދަވެ، ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރެވިގެން ދާނެ ކަމަށެވެ. 

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ކަރަންޓް އެކައުންޓް މުއާމަލާތްތައް ސީދާ އިންވެސްޓްމަންޓްތައް ދެގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކުރެވ،ި ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco