Ads by Exprox

ޚަބަރު

ބަންކަރިންގެ ޚިދުމަތް ފެށުމަށް ދެވަނަ ބޯޓުވެސް ރާއްޖޭގައި ބަނދަރުކޮށްފި

ބަންކަރިންގެ ޚިދުމަތް ފެށުމަށް  ދެވަނަ ބޯޓުވެސް ރާއްޖޭގައި  ބަނދަރުކޮށްފި

ބަންކަރިންގ ޚިދުމަތްދޭން ގެނައި ދެވަަނަ ބޯޓު- ފޮޓޯ: ދިޔަރެސް

farudhun logo

ފަރުދުން

13 ސެޕްޓެމްބަރު 2024، 05:19

13 ސެޕްޓެމްބަރު 2024، 05:19

ބަންކަރިންގެ ޚިދުމަތް ފެށުމަށް އެސްޓީއޯއިން ގެނައި ދެވަނަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފިއެވެ.

ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި ގެނެސްފައި މިވަނީ  4000 ޓަނުގެ ތެޔޮ އުފުލޭ ދެބޯޓެވެ. މީގެތެރެއިން ފުރަތަމަ ބޯޓު "މެރިން އެންޖެލް" މިމަހުގެ 09 ވަނަ ދުވަހު ވަނީ ކުޅުދުއްފުށީގައި ބަނދަރުކޮށްފައެވެ. މި ޚިދުމަތް ދިނުމަށް ގެނައި ދެވަނަ ބޯޓު  "މެރިން ބެއްލާ" ވެސް މިހާރު ވަނީ ކުޅުދުއްފުށި ސިޓީ ކައިރީ ބަނދަރުކޮށްފައެވެ. ބަންކަރިންގެ ޚިދުމަތް އެންމެ ފުރަތަމަ ފަށަނީ އިހަވަންދިއްޕޮޅުގައެވެ.

ރާއްޖޭގެ ސަރަޙައްދުން ދުވާލަކު 400 އާގު ބޯޓު ހުރަސްކުރާއިރު ސަރުކާރުން ވަނީ އޮފްޝޯކޮށް ބަންކަރިން ވިޔަފާރި ފަށައި ބަނދަރާއި މިނޫންވެސް އިންވެސްޓްމަންޓްތައް ގާއިމްކުރަން ނިންމާފަ އެވެ. ބަންކަރިން ވިޔަފާރި ފަށަން ނިންމާފައިވަނީ ހޯރަފުށީ ފަރު ކައިރިންނެވެ. މިއީ  ގިނަ ޢަދަދެއްގެ ބޯޓު ފަހަރު ހުރަސްކުރާ މައި މަގެކެވެ. މި ޚިދުމަތް ރާއްޖޭގައި ފެށިއްޖެނަމަ މިއީ އިޤްތިޞާދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއް ކަމުގައި ސަރުކާރުން  ބުނެއެވެ. 

ރާއްޖޭގެ އުތުރުގައި، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމަކީ ރާއްޖޭގެ އިޤްތިޞާދު އެއް ސިނާޢަތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco